ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮޅުދޫގައި ތަޣައްޔަރުވެފައިވާ ފެނުގެ މައްސަލައަށް އިސްކަން ދީގެން ހައްލު ކުރަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނަން: ސައްތާރު

ހޮޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއް ސައްތާރު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން މަސައްކުރައްވާނީ ހޮޅުދޫގައި ތަގައްޔާރުވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށްކަމަށް ހޮޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ 4 އަހަރު ހޭދަ ކުރީ ހޮޅުދޫގެ ފެނުގެ މައްސަލަ ހައްލު ނުވެ ކަމަށެވެ. އެ މަޝްރޫއު އޭރު ވަކި ހިސާބަކުން ހުއްޓުނު ކަމަށާއި މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑުގައި އެ މަސައްކަތއ ކުރިއަށް ގެންގޮސް ނިިންމާލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ ހޮޅުދޫ އަކީ އެ ދާއިރާގައި އެންމެ އާބާދީ ބޮޑު ރަށަށް ވުމާއެކު ފެން ތަޣައްޔަރު ވުމުން އެކަމުގެ އަސަރު ރައްޔިތުންނަށް ކުރާ ކަމަށެވެ. އެހެންކަމުން ފެނުގެ މައްސަލައާއި އަދި އުދައަރާ ސަރަހައްދުވެސް ހިމާޔަތް ކުރުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ބައެއްފަހަރު ރައްޔިތުން ތަރައްގީ މާނަ ކުރަނީ އިމާރާތެއް ނުވަތަ ބަނދަރެއްކަން ފާހަގަކޮށް ސައްތާރު ވިދާޅުވީ މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދާއިރާއަށް ކަންކަން ކޮށްދީފައި ހުރި ނަމަވެސް ތަރައްގީ އަކީ ހުއްޓޭނެ އެއްޗެއް ނޫން ކަމަށާއި ރައްޔިތުންގެ ބޭނުންތައް ދުވަހުން ދުވަހަށްދާނީ އިތުރުވަމުން ކަމަށެވެ.

އެހެންނަމަވެސް މިހާރުވެސް ދާއިރާގެ ރައްޔިތުން އެދެނީ ތަރައްގީ އާއި ރައްޔިތުންނަށް ލުއިފަސޭހަގޮތަކެއް ކަމަށާއި އަދި ރައްޔިތުންގެ ހާލަތު ބަދަލުވުން ކަމަށް ސައްތާރު ވިދާޅުވިއެވެ.

“މިސާލަކަސް ބަލާނަމަ އެމްޑީޕީ ސަރުކާރުގައި ފަށާފައިވާ ދަތުރުފަތުރުގެ ނިޒާމް. އާރް.ޓީ.އެލް. އަދި ނ އަތޮޅަކަށް ނުލިބޭ. އޭގެން ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ވެގެންދާނެ އެކަމަކު މިހާރު ވަރަށް އުންމީދު ބޮޑު. އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ނ އަތޮޅުގައި އެކަން ފައްޓާނެ މި ސަރުކާރުން”

ސައްތާރު ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ކުރައްވާ ރަނގަޅު ކަންކަން ދެން އަންނަ ސަރުކާރަކުންވެސް ބަލައިގަނެގެން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ތަރައްގީ ވުމަކީ އެއީ ކަމަށާއި އަދި ރައްޔިތުންގެ ހާލަތު ބަދަލުވުމަކީވެސް އެއީ ކަމަށް ސައްތާރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކުރިން ބޮއްކުރާގަ، އިންޖީނުލީ ދޯނި ފަހަރުގައި، އަތޮޅު ވެރިކަން ކުރާ ރަށްރަަށަށް ވަރަށް ގިނަ ކަންކަމާއި ދާން ޖެހޭ. މިހާރު ފެރީގެ ނިޒާމަކުން މިހެން ގުޅުނީމާ ވަރަށް ބޮޑު ލުއި ފަސޭހަ އާއިއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭނުންވާ ތަނަތަނަށްދެވޭ”

ރާއްޖޭގައި ރަށްތައް އޮންން ގޮތުން ކޮންމެ ކޮމިއުނިޓީއަކަށް ހުރިހާ ކަމެއްވެސް ހަމަ ބޭނުންވާނެ ކަމަށާއި ބޮޑު އެއްފަސް ތަނަކާއި ތަފާތު ވާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ. ދާއިރާގައި ތިން ރަށް އޮތް ކަމުގައި ވީ ނަމަވެސް ކޮންމެ ރަށަކަށް ވަކި ވަކިން އަސާސީ ހިދުމަތް، އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ސަލާމަތާއި ރައްކާތެރިކަން އަދި ސިއްހީ ހިދުމަތްތައް ހަމަހަމަ ކަމާއެކު ބޭނުންވާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: