ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ފެސިލިޓީތަކާއި، ވަޒީފާތަކާއިއެކު އަލުން ޔޫތު ސެންޓަރުތައް ގާމުކުރެވިގެން ދާނެ: އަސްވާޑް

"އަހާ" ފޯރަމްގައި ވަޒީރު އަސްވާޑް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އަހްމަދު މަމަދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގަމުންދާ ޔޫތު ސެންޓަރުތައް ހުރީ އެންމެ ކުރީ މޮޑެލްގައި ކަމަށާއި، ރަނގަޅު ފެސިލިޓީސްތާއެކު އަލުން ޔޫތު ސެންޓަރުތައް ގާއިމް ކުރެވިގެންދާނީ ރަނގަޅު ވަޒީފަތަކާއިވެސް އެކުގައި ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

“އަހާ” ފޯރަމްގައި އަސްވާޑް ވިދާޅުވީ ޔޫތު ސެންޓަރެއްގައި އެންމެ ބޭފުޅަކު ހުރި ކަމުގައިވީ ނަމަވެސް ރަނގަޅު ފެސިލިޓީސްތާއެކު އަލުން ޔޫތު ސެންޓަރުތައް ގާއިމް ކުރެވިގެން ދާނީ ރަނގަޅު ވަޒީފަތަކާއި ވެސް އެކުގައި ކަަމަށާއި އަދި އެ ވަޒީފާތަކަކީ ދާއިމީ ވަޒީފާތަކަކަށް ވެގެން ދާނެ ފުރުސަތުތަކެއް ކަމަށެވެ.

އަސްވާޑް ވިދާޅުވީ ވަރަށް ގިނަ ރަށް ރަށަށް ދެވިއްޖެ ކަމަށާއި އެހެންކަމުން މި ވަގުތު ރާއްޖޭގައި ފުލީ ފަންކްޝަން ކުރާ ޔޫތު ސެންޓަރެއް ނެތްކަމަށް ވެސް ދެންނެވިދާނެ ކަަމަށެވެ. އަދި އެފަަދަ ތަންތަން ހުރީ އެންމެ ކުރީ ޒަމާނުގެ މޮޑެލްގައިކަމަށާއި އެތަންތަނުގައި މިހާރު ރާއްޖޭގެ ޒުވާނުން ކުޅެ ހަދަ އަދި މުނުފޫހިފިލުވަން ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައްވެސް ނެތް ކަމަަށް އަސްވާޑް ވިދާޅުވިއެވެ.

“އެހެން ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އެއްކޮށް އަލަށް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޔޫތު ސެންޓަރުތައް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ގާއިމް ކުރެވިގެންދާއިރު، ވަޒީފާގެ އިތުރު ފުރުސަތުތައް މިތަނުގައި ފަހިވެެގެނެ”

އަސްވާޑް ވިދާޅުވީ ޔޫތު ސެންޓަރުތަކުގައި ވަޒީފާ ގާއިމުކުރެވިގެން ދާއިރު ރަށު ފެންވަރުގައި ރަނގަޅު ވަޒީފާ ރައްޔިތުންނަށް ލިބި އެ ވަޒީފާތައް ދާއިމީ ފުރުސަތުތަަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި އިތުރު ޒުވާނުންނާއި އެކު އިންޓަރެކްޓް ކުރެވި ޒުވާނުންނާއި އެއްކޮށް މަސައްކަތްކޮށް ރަނގަޅު ޖީލެއް ގާއިމް ކުރުމަށްޓަކައި ޔޫތު ސެންޓަރުތައް ބަދަލުވެގެން ދާނެ ކަމުގެ ޔަގީންކަން އަސްވާޑް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: