ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަފަރީގެ ސިއްހީ މަރުކަޒު އަޅަން މިދިޔަ އަހަރު އެޑްވާންސް ފައިސާވެސް ވަނީ ހަވާލު ކޮށްފަ: ހެލްތު މިނިސްޓަރ

ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ހަލީލް މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ ކުޑަފަރީގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކޮންޓްރެކްޓަރާއި ހަވާލުކުރެވި އެޑްވާންސްވެސް ދޫކުރެވިފައިވާއިރު ދައުރު ނިމުނު އިރުވެސް މަސައްކަތްތައް ފަށާފައިނުވާކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރު އަހުމަދު އީސާ ނ ކުޑަފަރީގެ ސިއްހީ މަރުކަޒުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ހަލީލް ވިދާޅުވީ، ނ ކުޑަފަރީގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްތައް ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހަވާލުކުރެވިފައިކަމަށެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވެގެން އައި އިރުވެސް އެ މަސައްކަތްތައް އަމަލީގޮތުން ފަށާފައިނުވާކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ސަރުކާރުންދަނީ ކޮންޓްރެކްޓަރާއި މުއާމަލާތްކޮށްގެން އެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތައް ކުރަމުންކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އެ މަގުންވެސް މަސައްކަތްތައް ކުރިނަމަވެސް އަދިވެސް އަމަލީގޮތުން އެ މަސައްކަތްތައް ފަށަައިގަނެފައިނުވާކަމަށާއި ސަރުކާރުންވާނީ ކޮންޓްރެކްޓަރަށް އެކަމާއި ގުޅިގެން ނޯޓިސްވެސް ފޮނުވާފައިކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ މަަސައްކަތްތައް ކުރިއަށް ދާނެކަމަށެވެ. އަދި މިހާރު މަސައްކަތްތާއި ހަވާލުވެފައިވާ ކޮންޓްރެކްޓަރަށް ނުވާކަމަށްވާނަމަ އެހެން ކޮންޓްރެކްޓަރެއް މެދުވެރިކޮށްވިޔަސް އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ހިއްސާކުރެއްވިއެވެ. މިނިސްޓަރ ޙަލީލް ވިދާޅުވީ، އެކަމުގެ އިތުރުން ކުޑަފަރީގައި ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށްވެސް މަސައްކަތްތައް ކުރައްވަމުންދާކަމަށާއި މިހާރުން މިހާރަށް ހައްލުކުރަންޖެހޭކަންކަން ހައްލުކުރެވިގެންދާނެކަމަށްވެސް ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެތަނުގެ މިހާރު ކަންކަން ހުރި ގޮތުން ހުއްޓިފައިވާ ކަމެއް ނަމަ ސަރުކާރުން އެކަމެއް ފެށުމަށް ހާއްސަ ކޮށް މަސައްަކަތްތައް ކުރާނެކަމަށާއި ހުއްޓުމަކަށް އައިސްފައިވާ ބައެއް ހިދުމަތްތައް މިހާރުވެސް ފެށިފައިވާކަންވެސް ހާމަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަތަކާއި ގުޅިގެން ސުވާލުކުރެއްވި މެމްބަރު އީސަ ވަނީ އިތުރު ތަފްސީލުތަކެއް ސާފުކުރައްވާފައެވެ. އެގޮތުން މަސައްކަތްތައް ކުރިއަށް ނުދާ ސަބަބެއްގެ ގޮތުގައި ސަރުކާރުން ފައިސާ ހަވާލުކޮށްފައިނުވުނުް ކޮންޓްރެކްޓަރު އޭނާ އާއި ހިއްސާކުރިކަމަށާއި އެކަން ސާފުކުރައްވަން އެދިވަޑައިގަންނަވާކަމަސް ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، އެ ރަށުގެ ސިއްހީ މަރުކަޒުން 24 ގަޑިިއިރު ހިދުމަތްދޭންވެސް ރައީސް ސާލިހުގެ ސަރުކާރުގައި ނިމިފައިވާކަމަށާއި އެހެންނަމަވެސް އެކަންވެސް ކުރިއަށް ނުދާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ އެތަން ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމަށްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މަސައްކަތްތައް ފެށުމުގެ ގޮތުން އާންމު ގޮތެއްގައި ދޫކުރަނީ 15 އިންސައްތައަށް ވާ އެޑްވާންސް ފައިސާކަމަށާއި އެ ފައިސާ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދޫކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން އެއްވެސް މައްސަލައެއް ނުކުމެގެން ނުވާނެކަމަށާއި އާންމު އުސޫލަކީ ކޮންޓްރެކްޓަކާއި ހަވާލުވުމަށްފަހު ބަޔާންކުރާ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ފެށުންކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ހަރަކާތްތެރިވާން ފެށުމަކީ ކޮންޓްރެކްޓަރު ކުރައްވަން ޖެހިވަޑައިގަންނަވާކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: