ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓޯޑިއަލްގައި މިވަގުތު ކުޑަ ކުއްޖަކާއި ގުޅޭ އެއްވެސް މައްސަލައެއް ނޯންނާނެ: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓޯޑިއަލްގައި މިވަގުތު ކުޑަ ކުއްޖަކާއި ގުޅޭ އެއްވެސް މައްސަލައެއް ނޯންނާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުން ކުރިއަށް ގެންދާ “އަހާ” ފޯރަމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ކުށުގެ ވެށިން ކުޑަ ކުއްޖަކު ގެނައުމާއިއެކު ޖުވެނައިލް ކޯޓު މެދުވެރިކޮށް ޝަރީއަތް އަވަސް ކުރުމުގެ މަސައްކަތް ކުރާކަމަށެވެ. މި މުއްދަތުގައި އެ ކުދިން ބަހައްޓަނީ ކަސްޓޯޑިއަލްގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިވަގުތު ކުޑަ ކުއްޖަކާއި ގުޅުން ހުރި އެއްވެސް މައްސަލައެއް ކަސްޓޯޑިއަލްގައި ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިން ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރާއި ގުޅިގެންވެސް މިނިސްޓަރު ވާހަކަދެއްކެވިއެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ އަދުލުގެ ނިޒާމުގެ ތެރޭގައި 15 އަހަރުން ދަށުގެ ކުޑަކުދިން ކުށުގެ ޒިންމާ ނެގުން އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް ކަމަށެވެ. 12 އަހަރަށް އެޅުމަށްފަހު އެކުއްޖަކު ކުރާ ކުށުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމުގެ ސަބަބަކީ 15 އަހަރުން ދަށުގެ ކުދިން ލައްވާ މީހުން ކުށް ކުރުވުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ތެރެއިން ކުޑަކުދިން ކަމުގައިވާތީ އެކުދިންނާމެދު ފިޔަވަޅު އަޅައި ރީހެބިލިޓޭޝަން ޕްރޮސެސްއެއް ފެށެން ނެތްކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގޮތުގައި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުޑަ ކުދިން، ބެހެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި އެ ކުދިން މުޖުތަމައުއަށް ނެރެވޭނެ ގޮތް ފަހިކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ބައެއް ރަށްތަކުގައިވާ ހާފްވޭ ހައުސް، ޖުވެނައިލް ރެސިޑެންޝިއަލް ޓްރީޓްމަންޓް ސެންޓަރުތައް ހިންގުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފާހަގަކުރެއްވީ، ދ.ކުޑަހުވަދޫ އަދި ހއ.ހޯރަފުށިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: