ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލްތައް ރަޖިސްޓްރީ ކުރަމުންދާނީ ގާނޫނީ އިމުގެ ތެރެއިން: ޓްރާންސްޕޯޓު މިނިސްޓަރު

ތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިލަކްތައް މިހާރު ރަޖިސްޓްރީ ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިންކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ކާރެއް މާލެ ޒޯންއަށް ބަދަލުކުރަމަކީ ހަމައެކަނި ގަރާޖެއް ހުރި މީހުންނަށް އޮތް ފުރުސަތެއްތޯ ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކާރެއް ނަމަވެސް، ހަތަރުފުރޮޅުލީ އުޅަނދު ރެޖިސްޓްރީކުރުމަށް އޮންނަ އަސާސީ މިންގަނޑަކީ ގާނޫނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއްވެސް ދާއިރާއަކަށް ހަތަރު ފުރޮޅުލީ ވެހިކަލެއް ރެޖިސްޓްރީކުރާނަމަ، ގަރާޖެއް އޮންނަޖެހޭ ކަމަށް ގާނޫނުގައި ވަރަށް ސަރީހަކޮށް ލިޔެވިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައީ ގާނޫނީ ވެރިކަމެއް ކުރުމަށްކަމަށެވެ. އެހެންކަމުން ހުރިހާކަމެއްވެސް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިންކަމުން މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ގާނޫނުގައި އޮތް ގޮތަށް އަމަލު ކުރި ނަމަ، މާލެ ސަރަހައްދުގެ ހާލަތު މިހެން ނޯންނާނެކަމަށް ފާހަގަކޮށް، މިނިސްޓަރު ވިދާޅުވީ ގާނޫނުން ބޭރުން ވެހިކަލްތައް ރަޖިސްޓްރީކުރުން މި ސަރުކާރުން ވަނީ ހުއްޓުމަކަށް ގެނައިސްފައިކަމަށެވެ.

އެހެންވީމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ގާނޫނުން ބޭރުން ވަރަށް ބޮޑަށް ވެހިކަލް ރެޖިސްޓްރީވަމުން ދިޔުން ހުއްޓާލުން.

އިހުސާން ވިދާޅުވުިއެވެ.

ވެހިކަލްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، ވެހިކަލް ވައްދާނެ ތަނެއް އޮވެގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މައްސަލަ އޮތީ މާލެއަކީ ނޫޅެވޭ ތަނަކަށް ވާނެކަމުގެ ބިރު އޮންނަ މިންވަރުގައިކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދުރު ރާސްތާގެ މަސައްކަތްތަކާއި، ކުރު ރާސްތާގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތުގެ ތެރެއިން އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ދަށުން ޓުރެފިކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރީގައި ވެހިކަލްތައް ރަޖިސްޓްރީ ކޮށްފައިވަނީ އާދަޔާ ހިލާފަށް ގިނައިންކަމަށާއި، އެގޮތުން 200 އާއި ކައިރި ކުރާ އަދަދަކަށް ދުވާލެއްގެ މައްޗަށް ރަޖިސްޓްރީވަމުން ދިޔަކަމަށް ވިދާޅުވިއެވެ. ނަމަވެސް މި އަދަދު މިހާރު 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް ދަށް ކުރެވިފައިވާކަމަށް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: