ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ނިޔަލަށް 529 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުވިން: އޭޑީބީ

އޭޑީބީގެ ލޯގޯ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ނިޔަލަށް އޭޝިއަން ޑިވެލޮޕްމެންޓު ބެންކުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުވުމުގެ ގޮތުން ދީފައިވާ ޖުމުލަ ފައިސާގެ އަދަދު 529 މިލިއަން ޑޮލަރަށް އަރާކަމަށް އެ ބެންކުން ބުނެފިއެވެ.

އޭޑީބީއިން މި އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި ހިއްސާކޮށްފައިވާ ކަންޓްރީ ފެކްޓް ޝީޓުގައި ބުނެފައިވާގޮތުން ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށާއި އެ މަގަށް ރާއްޖޭގައި ހަކަތަ އުފެއްދުމުގެ މަސައްކަތްތައް އެޅުވުމަށްޓަކައި އެއްބާރުލުން ދިނުމުގެ ގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ޓެކްނިކަލް އެސިސްޓެންސްގެ ގޮތުގައި ރާއްޖޭގެ ސަރުކާރަށް 1 މިލިއަން ޑޮލަރު ދީފައިވާކަމަށެވެ.

އެެ ބެންކުން ބުނެފައިވާގޮތުން ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުޑަ ގައުމެއްކަމަށްވުމުން ކުރިމަތިވާ ދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން 2.6 މިލިއަން ޑޮލަރުގެ ޓެކްނިކަލް އެސިސްޓެންސް މަޝްރޫޢުއެއްވެސް ފަރުމާކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރަށް ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރުމުގައިވެސް ގާބިލުކަން އިތުރުކުރުމުގެ ގޮތުން ދީފައިވާ އެހީތަކެއްކަމަށްވެސް ބުނެފައިވެއެވެ. އޭޑީބީއިން ބުނެފައިވާގޮތުން އެ ޕްރޮޖެކްޓުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ އިގްތިސާދީ ސިނާއަތުގެ ދާއިރާތައް މަދުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި އިގްތިސާދީ މާހައުލުގައި ހުރި ފިއްތުންތައް ކުޑަކުރުންކަމަށްވެސް ބުނެފައިވެއެވެ.

31 ޑިސެމްބަރު 2023 ގެ ނިޔަލަށް އޭޑީބީއިންވަނީ 117 ޕަބްލިކް ސެކްޓާރ ލޯނާއި، ގްރާންޓު އަދި ޓެކްނިކަލް އެސިސްޓެންސް ފޯރުވާފައިކަމަށާއި، ޖުމުލަ މާލީ އެހީ 529 މިލިއަން ޑޮލަރަށް އަރާކަމަށްވެސް ބުނެފައިވެއެވެ. އޭޑީބީއިން ބުނެފައިވާގޮތުން މިވަގުތު ދިވެހިރާއްޖެއަށް މާލީ އެހީތެރިކަން ދީގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭއި 4 ލޯނާއި 10 ގްރާންޓެއް ހިމެނޭކަމަށެވެ. އަދި އެކަންކަމަށް 250.1 މިލިއަން ޑޮލަރު ޖުމުލަކޮށް ދޫކޮށްފައިވާކަމަށްވެސް ބުނެފައިވާއިރު، ސަރުކާރުތަކުން ގެރެންޓީ ދޭ އަދި ނުދޭ ލޯނުތަކާއި ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް 342.18 މިލިއަން ޑޮލަރަށް އަރާކަމަށްވެސް ބުނެފައިވެއެވެ.

އޭޑީބީއިން ބުނެފައިވާގޮތުން ރާއްޖޭގެ ވިޔަފާރި މާހައުލުގެ ނާޒުކުކަމުންނާއި ފައިސާގެ އެހީ ހޯދުމުގެ ދަތިތަކާއި ޕްރައިވެޓް ސެކްޓަރގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރުން ގެރެންޓީ ނުދޭ އިންވެސްޓުމެންޓުތައް ލިބުމުގެ ފުރުސަތު ދަށަށް ދާކަމަށެވެ. އެހެންކަމުން އެ ބެންކުން ދަނީ ސަރުކާރަށް މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ލޯނާއި ހިލޭ އެހީ އަދި ޓެކްނިކަލް އެސިސްޓެންސްވެސް ދެމުންދާކަމަށެވެ. އެގޮތުން ސަރުކާރުން ގެރެންޓީ ދީފައިނުވާ ދެ މަޝްރޫޢުއެއް ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައާއި ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތެރޭގައި ހިންގަމުންދާކަމަށާއި މާލީ މުއާމަލާތްތައް ހިންގުމުގައި ފައިދާވެގެންދާ ގޮތަށް ގުޅުންތައް ބިނާކުރުމަށްވެސް އިރުޝާދު ދީ އެހީތެރިކަން ފޯރުވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: