ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެނީ!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ “އަހާ” ފޯރަމްގައެވެ. މިއީ ރައްޔިތުންނަށް ސީދާ ވަޒީރުންނާއި ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަވާނަމަ އެ ދަރިވަރަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ 500 ޖާގައަށެވެ.

މި ލޯނަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުސަތު ހަމަވާނީ 2 މެއި ގައެވެ. އެއީ އަންނަ ބުރާސްފަތި ދުވަހުއެވެ. ބުރާސްފަތި ދުވަހުގެ 1:30 އާއި ހަމައަށް ލޯނަށް އެދި ހުށައެޅޭނެއެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅޭއިރު، އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެއެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ހަރަދުތައް ހޯދުމަށް މި ފަހަރު ހުށަހެޅޭނެ އެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ސަރުކާރުން މި ފަހަރު ފުރުސަތު ހުޅުވާލާފައިވެއެވެ. ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: