ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 24 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ހިންމަދޫގައި 24.54 މިލިއަން ރުފިޔާގެ މަޝްރޫއެއް އެމްޓީސީސީއިން  ފެށުމަށް ނިންމައިފިއެވެ.

ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދެމުން އެމްޓީސީސީ ބުނެފައި ވަނީ ހިނމަންދޫގެ ފަޅު ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމުގެެ ތެރޭގައި 43،000 ސީބީއެމްގެ ބީޗް ނިއުރިޝްމަންޓާއި 110 މީޓަރުގެ ރޮކް ބޯލްޑަރ ރިވެޓްމެންޓާއި 235 މީޓަރުގެ ރޮކް ބޯލްޑަރ ގްރޮއިން އިންސްޓޯލުކުރުން އަދި 20 މީޓަރުގެ ޖިއޮބެގް ގްރޮއިން  ހިމެނޭކަމަށެވެ.

މި މަސައްކަތަށް ޖުމްލަ 24.54 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެމްޓީސީސީ އަކީ ރާއްޖޭގައި ފުރިހަމަ ހިދުމަށް ދިނުމުގައި ގުނާލެވޭ ކުންފުންޏެކެވެ. އެމްޓީސީސީއަށް މި އަހަރުގެ ކުއާޓަރުގައި ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 41.77 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއިއެކު ހިންގާފައިވާ ކަމަށް ފާހަގަކޮށްލެވެއެވެ. އެގޮތުން އެކި މަރުހަލާގައި ޖުމުލަ 196 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާއިރު ފުރަތަމަ ކުއާޓަރުގެ ތެރޭގައި ތިން މަޝްރޫއެއްގެ މަސައްކަތްވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: