ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔަބީ؛ އެމްޑީޕީ ދިރާސާ ރިޕޯޓެއް ހަދަނީ

ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު އެމްޑޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު އަދި 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީ ލިބުނު ސަބަބު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ މަޖިލީސް އިންތިހާބުގެ ބައްޔަށްފަހު އެމްޑީޕީއިން ސީދާ ރަސްމީ ވާހަކައެއް ދެއްކެވި ފުރަތަމަ ފަހަރެވެ. އަދި އެއަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ މަޖިލީހެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، ބަލިބި ސަބަބު ދަނެގަނެ، މަގު ޗާޓެއް އެކުލަވައިލަން ގައުމީ މަޖިލީހުން އެއްބަސްވެފައިވާކަމަށެވެ. ދެން ކުރިމަގު ބައްޓަން ކުރަން އެނގޭނީ ދެ އިންތިހާބުގައި އެހާ ބޮޑު ބައްޔަކުން ބަލިވި ސަބަބު ބަލަން ކުރާ ދިރާސާ އަށް ފަހުކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއީ ކެމްޕެއިން ކުރި ގޮތުގެ ނުވަތަ ލީޑާރޝިޕްގެ މައްސަލައެއްތޯ، ނުވަތަ ނަތީޖާ މިހެން ނިކުތީ ސިޔާސީ މާހައުލަށް އައިސްފައިވާ ބަދަލަކުންތޯ ބަލަން ޖެހޭކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެ ކެމްޕެއިން ކުރި ގޮތުގެ މައްސަލައެއްތޯ؟ ލީޑަޝިޕްގެ މައްސަލައެއްތޯ؟ ނޫނިއްޔާމު ދިވެހިރާއްޖޭގެ ސިޔާސީ މާހައުލަށް އައިސްފައި އޮތް ބަދަލުތަކަކީ ކޮބައިތޯ؟ މި ހުރިހާ ކަމެއް ދެނެގަތުމަށް ފަހު އަޅުގަނޑުމެން ކުރިއަށް ގެންދާނީ.

ފައްޔާޒް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތު އެއިރެއްގައި އޮންނަ ވެރިކަމެއް ކަމުނުދާ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީއަށް ދެ އިންތިހާބުވެސް ގެއްލުނީ ކެމްޕެއިން ކުރި ގޮތުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ބުނާތީ މި ވާހަކައަށް ރައްދުދެއްވާ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ އެއްވެސް އިރެއްގައި އެންޓި ކެމްޕެއިން ކުރާ ބައެއް ނޫން ކަަމަށެވެ. އެމްޑީޕީއިން ކުރާ ކަމަކީ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: