ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޕިނެސް އިންޑެކްސްގެ ނަމުގައި މުހިންމު މަސަައްކަތްތަކެއް ފަށަނީ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްރަށުގެ ޙާލަތު ރަނގަޅުކުރުމަށް ”ހެޕިނެސް އިންޑެކްސް“ ގެ ނަމުގައި ހާއްސަ މަސައްކަތްތަކެއް ކުރަން ފަށަން ނިންމާފައި ވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި ކަންކުރުމުގެ މައިގަނޑު ސަބަބަކީ ރަށް ރަށުގެ ރަށްޔިތުންގެ ޙާލަތު ދެނެގަތުމާއި އަދި ރަށްޔިތުންނަށް ލިބޭ އުފާވެރިކަން މިންކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށެވެ. އަދި މިކަން ކުރެވިގެން ދާނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކާއި މަޝްވަރާ ކުރެވިގެން ކޮންސަލްޓޭޓިވް ޕޮރޮސަަސްގެ ދަށުން އެކުލަވާލެވޭ އޮނިގަނޑެއް ތެރެއިން ކަމަށެވެ.

އަދި މީގެ އިތުރުން އެންމެ ރަނގަޅު ނަތިއްޖާއެއް ހޯދާ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިންތިޒާމް މި މަސައްކަތުގެ ތެރެއިން ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހެޕިނެސް އިންޑެކްސްގައި މިންގަނޑު ތަކެއް ކަނޑައަޅާނެ ކަމަށްވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އާންމުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށްފަހު އެ ކަމުގެ މަތިން މަސައްކަތް ކުރެވި ގިނަ ބޭފުޅުންނަށް ޤަބޫލުކުރެވޭ އޮނިގަނޑެއް ތެރެއިން މަސައްކަތް ކުރިއަށް ގެންދެވުމަށް ވަނީ ނިންމާފައެވެ.

އަޅުގަނޑުމެން ކަނޑައެއް ނާޅާނަށް.. ނުވަތަ ސަރުކާރުގެ ސިޔާސަތެއް ނޫން ހެޕިނެސް އަންޑެކްސްގައި ކަނޑައަޅަންވި ބައިތަށް ނިންމުމަކީ…. އެކަން އަޅުގަނޑުމެން ރައްޔިތުންގެ ޙިޔާލު ހޯދައިގެން ކުރިއަށް ގެންދާނީ…. އެހެން ނަމަވެސް ދުނިޔޭގެ ގައުމުތަކުގައި ގާއިމްކޮށްފައި ހުރި ގޮތަށް ބަލާއިރު..ބަލާފައިހުރި ބައެއް ކަންތައްތަކުގެ ތެރޭގައި ރަށެއްގެ ކުށް މަދުވުން…….މިސާލަކަށް ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުން….ރަށުގެ ސާފުތާހިރު ކަން.. އެކުވެރިކަމާއި ބަދަހި ވެރިކަން..

ރާއްޖޭގައި ޝައުގުވެރިވާ އެހެން ފަރާތްތަކާއި ސަރުކާރުގެ އެހެން މުއައްސަސާތަކާއި އަދި މަދަނީ ޖަމިއްޔާތަކާއި އެކީގައި މަޝްވަރާ ކޮށްގެން މަސައްކަތްކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. ހެޕިނެސް އިންޑެކްސްގެ މަޝްރޫއުގައި ރައްޔިތުންނާއި މަޝްވަރާކުރެއްވުމަށްފަހު މި އަހަރު ތެރޭގައި ފައިނަލައިޒްކުރެވި އަދި މި އަންނަ އަހަރު ތެރޭގައި ތަންފީޒު ވެގެން ދާނެކަމަށް ވަޒީރު ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: