ފެހި ގާނޫނު އަސާސީ ވުޖޫދުވުމަށްފަހު ކައުންސިލްތަކުން ޒިންމާ އެންމެ އެދޭވޭ ގަޮތެއްގައި ކުރުމަށް ގޮންޖެހުން ތަކެއް އެބަހުރި ކަމަށް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ގާނޫނުގެ 25 ވަނަ މާއްދާގައި ކައުންސިލުން ދޭ ރަށްވެހިކަމުގެ ހިދުމަތުގެ (ހ) ގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ދިވެހި ރާއްޖޭގެ ގާނޫނުއާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރަމަރީ ހެލްތްކެއަރ އާއި ސިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ހިދުމަތްތަށް ދިނުން އެއީ ކައުންސިލްތަކަށް ލާޒިމުވާ ކަމަށެވެ. ނަމަވެސް ފެހި ގާނޫނުއަސާސީ ވުޖޫދުވުމަށް ފަހު މިހާ ހިސާބަށް އައިއިރު ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާ އެންމެ އެދޭވެ ގޮތެއްގައި އަދާ ކުރުމާއި އަދި އަދާކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅިގެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަށް ހުރިކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ ބައެއް ކައުންސިލްތަކާއި އެކު މަޝްރާކޮށް ދެކެވުނު ވާހަކަތަކުން އެނގިގެން ދިޔައީ ޕުރައިމަރީ ހެލްތް ކެއާރ އަދި ސިއްހީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޙިދުމަތް ދިނުމުގައި މުހިންމު މަސައްކަތްތަކެއް ހެލްތު މިނިސްޓްރީ އާއިއެކު ގުޅިގެން ކުރަން ޖެހޭކަމަށެވެ.
މީގެ އިތުރުން ޑެންގޫހުން އަދި ޗިކަންގުންޔާ ގިނަވެފައިވާ ކަމާއި މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ފަރާތްތަކަކީ ސިޓީ ކައުންސިލްތަކާއި އަދި ރައްރަށުގެ ކައުންސިލްތަކުންކަން ވަޒީރު ވަނީ ވިދާޅުވެފައެވެ.

