ތިލަފުށި ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހަމައެކަނި ދިވެހިންނަށް އަަލުން ހުޅުވަލައިފިި އެވެ.
ތިލަފުށިން ވިއްކުމަށް ހަމަޖެހިފައިވަނީ ޒޯން އޭގެ އޭރިއާގެ ބީގައިވާ ނުވިކިހުރި ބިންތަށް ކަމަށެވެ. އަދި ބިންވިއްކުމަށް ހަމަޖެހިފައިވާ އުސޫލުތަކަކީ:
ޕްލޮޓް އެކެއް: ޕްލޮޓްގެ އަދަދު : 64 ، ބޮޑުމިން ( އަކަފޫޓު ) 4،999-2،500
ޕްލޮޓް ދޭއް: ޕްލޮޓްގެ އަދަދު : 42 ، ބޮޑުމިން ( އަކަފޫޓު ) 9،999-5،000
ޕްލޮޓް ތިނެއް: ޕްލޮޓްގެ އަދަދު : 2 ، ބޮޑުމިން ( އަކަފޫޓު ) 14،999-10،000
ބިންވިއްކުމަށް ބީލަމުގެ އުސޫލުން ހަމަޖެހިފައިވާ ގޮތަކީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ 100 އިންސައްތަ ދިވެހި އޮންނަ ކުންފުންޏެއް ކަމުގައި ވުން ކަމަށް ބަޔާނުގައި ވެއެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެ ބިންތައް ވިއްކަން ހަމަޖައްސާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އެވެ. އަދި ދެވަނަ ގޮތަކީ ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމައެވެ. އޭގެ އިތުރުން ތިލަފުށީގެ ފުރަތަމަ ވަނަ ފިޔަވަހިން މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް ގަނެ، މިލްކުކުރެވޭނެ ފުރުސަތު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މީގެއިތުރުން އެ ކުންފުނިން ބުނި ގޮތުގައި، އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެން ހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށް، ރައްޔިތުންނަށް ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.

