ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި މި އަހަރުވެސް ރާއްޖެ ދަށަށް!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ “ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ރިޕޯޓްގައި ރާއްޖެ ހަ ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ޕްރެެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 100 ވަނައިގައެވެ. އެއީ “ޕްރޮބްލޮމެޓިކް” ކެޓަގަރީގައެވެ. މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ މިހާރު ވަނީ 106 އަށް ވެއްޓިފައެވެ. “ޑިފިކަލްޓް” ނުވަތަ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމެއްގެ ގޮތުގައެވެ.

ސިޔާސީ ގޮތުން ރާއްޖޭގެ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އެންމެ ދަށަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އަބުރުގެ ގާނޫނެއް އެކުލުވާލައި ގެނައި ބައެއް އިސްލާހުތަކާއި މީޑިއާތައް ޖޫރިމަނާކޮށް ބައެއް ނޫސްވެރިން ތަފާތު އެކި ތުހުމަތުތަކުގައި ފުލުހަށް ހާޒިރުކޮށް މުޒާހަރާތައް ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހައްޔަރުކޮށް އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ކުށުގެ ދައުވާ ކުރިޔަށް ގެންދިއުމުގެ ސަބަބުން 2018 ގެ އިންޑެކްސް ރިޕޯޓުން ރާއްޖެ އޮތީ 120 ވަނައިގައެވެ.

މި ބިލު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ އުވާލާފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި، މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނު ފާހަގަކުރަނީ ނޫސްވެރިންނަށް އޮތް ހުރަހެއްގެ ގޮތުގައެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަށްވެފައިވާއިރު، މި ސަރަހައްދުގެ އިތުރު ގައުމުތަކުގެ ހާލަތު ވަނީ މާ ބޮޑަށް ދަށަށް ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: