ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކާއި ނޫސްވެރިންނަށް އިންޒާރުދިނުން ސީރިއަސް މައްސަލައެއް ގޮތުގައި ނަގާނަން: އަސްވާޑް

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) --- ފޮޓޯ: ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެއްވެސް ނޫސް މީޑިއާކަށް ނުވަތަ ނޫސްވެރިއަކަށް އިންޒާރުދީ ނުރައްކަލުގެތެރެއަށް ހުށަހެޅުމަކީ ކުޑަކޮށް ނަންގަވާނެ ކަމެއް ނޫންކަމަށާއި އަދި ދޫކޮށްލައްވާނެ ކަމެއްވެސް ނޫން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އަސްވާޑް ވިދާޅުވީ ފާޅުގައިވެސް އަދި ފޮރުވިގެންތިބެވެސް ރާއްޖޭގެ ނޫސްވެރިކަމަށް ދެވޭ އިންޒާރުތަކަކީ އެންމެ ސީރިއަސްކޮށް ނަންގަވާނެ ކަންކަންކަމަށެވެ. އަދި ނޫސްވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މިވެރިކަން ވެގެންދާނީ އަމާން ރައްކާތެރި ދުވަސްތަކެއްކަމުގެ ޔަގީންކަން އަސްވާޑް ވަނީ ދެއްވާފައެވެ.

އަސަވާޑް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސަކީ، ސަލާމަތްތެރިކަމާއި ޢަދުލު އިންސާފާއި، ތަރައްޤީ ، އަދި ހަމަހަމަކަމާއި އިންސާނީ ޙައްޤުތައްވެސް ކަށަވަރުކޮށްދޭ އަސާސެއްކަމަށެވެ. އެއްވެސް ޑިމޮކްރަސީއެއްގައި ދެފުށްފެންނަ މަޢުލޫމާތުތަކެއް ލިބޭނެ މަގު ތަނަވަސްވެފައި ނުވާނަމަ، އެ ޑިމޮކްރަސީއެއް އެތަނެއްގައި ފައްކާނުކުރެވޭނެ ކަމަށްވެސް އަސްވާޑް ވަނީ ވިދާޅުވެފައެވެ. އަސްވާޑް ވިދާޅުވީ އިތުބާރާއެކީ މަޢުލޫމާތު ހާމަކުރުމަކީ އެތަނެއްގައި އިންސާފުވެރި މުއައްސަސާތަކާއި ނަޒާހަތްތެރި ބަޔަކު އުޅެމުންދާ މުޖްތަމަޢަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

”ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި، ހުރިހާ ދިވެހި ނޫސްވެރިންނަށް އަޅުގަނޑު އިލްތިމާސްކުރަނީ، ނޫސްވެރިކަމަކީ ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެން، ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރެއްވުމަށް. އަޅުގަނޑުގެ ދުޢާއަކީވެސް ދިވެހި ނޫސްވެރިކަމަށް، ތާއަބަދުގެ ކުރިއެރުމާއި ކާމިޔާބު މިންވަރު ކުރެއްވުން. އަދި ދިވެހި ނޫސްވެރިންނަށް އުފާފާގަތި ދުވަސްތަކެއް ދެއްކެވުން.“

އަސްވާޑް ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ޒިންމާދާރު ކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުން ކަމުގައި ވާއިރު، ދިވެހި ކޮންމެ ނޫސްވެރިއަކީ އެ މަސްއޫލިއްޔަތު އެންމެ ޒިންމާދާރު ކަމާއެކު އަދާކުރާ ނޫސްވެރިއަކަށް ވުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި ޕްރިންޓް އަދި ބްރޯޑްކާސްޓް މީޑިއާ އަށް ވުރެ އޮންލައިން މީޑިއާގެ ދައުރު ފުޅާވަމުން ދާއިރު، އެ ޒަރީއާއިން ފެތުރެމުން ދަނީ ފޭރާން ހެޔޮ ތެދު މައުލޫމާތުކަން ކަށަވަރު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމަކަށް މުހިންމު ކަމެއްކަމަށް އަސްވާޑް ވިދާޅުވިއެވެ. އަދި އެފަދަ ޒަރީއާތަކުގައި ޚަބަރާއި މައުލޫމާތު ފަތުރާ ފަރާތްތަކުން ވެސް ޒިންމާދާރުވެ ސާބިތު ނުހިފޭ ވާހަކަތައް ފެތުރުމުން ރައްކާތެރި ވުމަކީވެސް މިފަދަ ދުވަހެއް ފާހަގަ ކުރާ އިރު ވިސްނުމުގައި ގެންގުޅެން ޖެހޭނެ ކަމެއް ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: