ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީޓޯ ބާރު އުވާލުމަށް ރާއްޖެ ސަރުކާރުން އދއަށް ހުށައެޅި ހުށައެޅުމަށް ގާސިމްގެ ތައުރީފް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހި
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ ސެކިއުރިޓީ ކައުންސިލްގައި އޮންނަ ވީޓޯކުރުމުގެ އުސޫލު އިންސާފުވެރިކަން ގާއިމުކުރުމުގެ މަގުސަދުގައި އުވާލަންޖެހޭކަމަށާއި ދިވެހި ސަރުކާރުގެ ހުށައެޅުމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސަބަބުން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމުގައި އދ ނުކުޅެދިފައިވާއިރު، ދިވެހި ސަރުކާރު ތަމްސީލުކުރައްވައި އދގެ މަޖިލީހުގައި ތަގުރީރު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރުވަނީ ސެކިއުރިޓީ ކައުންސިލުގެ އަމަލުތަކުގެ ސަބަބުން އިންސާފު ގާއިމުކުރުމަށް ބޮޑެތި ހުރަސްތައް ހުރިކަމުގެ މައްޗަށް އަލިއަޅުއްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ ހައިދަރުގެ ވާޙަކަތަކަށް ތައުރީފް ކުރައްވައި އެކްސްގައި ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ ހައިދަރް ދެއްކެވީ އަޑު އަހާ ކޮންމެ މީހަކު ބަލައިގަންނާނެ ވާޙަކަތަކެއްކަމަށެވެ. އަދި އެ ވާހަކަތަކުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި އެ ޖަމާއަތުގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަމުގެ މައްޗަށް އަލިއެޅުއްވިކަމަށާއި، އެ މަގުސަދު ހާސިލުވުމަށް ހުރަހެއްގެ ގޮތުގައި އޮތީ އެންމެ ވީޓޯ ވޯޓަކުންކަމަށްވެސް ފާޙަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ފަސް ބާރުގަދަ ގައުމަކުން އެ ބާރުތައް އެންމެންގެ ހެވާއި ލާބައިގެ ބަދަލުގައި އަމިއްލަ މަންފާއަށް ބޭނުންކުރަމުންދާކަން ސާފުކޮށް ފެންނަކަމަށެވެ. އަދި ހާއްސަަކޮށް އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގެ މައްސަލަތަކުގައި އެ ގައުމަށް ރައްކައުތެރިކަން ދިނުމުގެ ގޮތުން އެ ބާރުގެ ބޭނުންކުރާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ވީޓޯ ކުރެވޭ ގޮތަށް އޮތް އުސޫލު ނައްތާލުމަށް ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށެވެ. އަދި އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުން އދ އިން ކުރަމުންދާ މަސައްކަތްތަކުގެ މަގުސަދުވެސް އެންމެ ފުރިހަމަ ގޮތުގެ މަތިން ހާސިލުވެގެން ނުދާކަމަށާއި އެހެންކަމުން މިހާރަށް ވުރެ ހަރުދަނާކުރުމުގެ ގޮތުން އެ ގައުމުތަކުގެ އަތުން ވީޓޯކުރުމުގެ ބާރު ނަގަންޖެހޭކަމަށްވެސް ފާޙަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: