ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމައްޗަށް ކުނި އަޅާކަމަށް ފާހަގަކުރެވޭ ބިދޭސީއަކު ޑީޕޯޓު ކުރަނީ

މަގުމައްޗަށް ކުނި އަޅާކަމަށް ފާހަގަވާތީ ހޯދި ބިދޭސީ މީހާ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން މާލެ ސިޓީ ކައުންސިލުން ފުލުހުންނާއި ހަވާލު ކުރި ބިދޭސީއަކު ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

މިކަން ހާމަކުރީ ކައުންސިލްއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.

މި މީހާ ފުލުހުންނާއި ހަވާލުކުރީވެސް ކައުންސިލުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއިން މައްސަލަ ބޮޑުވެފައިވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

“އޮޕަރޭޝަން ކުރަނގި” ނަމުގައި ބިދޭސީއިން ގަވާއިދަށް ފެއްތުމުގެ މަސައްކަތެއްވެސް ވަނީ ފަށާފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އެކަން ކުރުމަށް މަސައްކަތް ކުރަމުންދަނީ ކައުންސިލް އިދާރާތަކާއި ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށެވެ. އިހުސާން ވިދާޅުވީ، ކުރިއަށް އޮތް އެއްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާ އެކު ތަފުސީލީ ދަފުތަރެއް އެލުވައިލާ ނިންމައިލެވޭނެ ކަމަށެވެ. އަދި، ސަރުކާރުގެ އަމާޒަކީ އެ ދަފުތަރު ހެދުމަށް ފަހު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ބިދޭސީންގެ ދަފުތަރެއް ހެދިފައި ނެތުމުގެ ސަބަބުން މިހާރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ހާމަކުރެއްވި ބައެއް ތަފުސީލުތަކުން އެނގޭ ގޮތުގައި މިހާރު ވެސް އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި ބަންގްލަދޭޝް މަސައްކަތްތެރިންނަށް 135،149 ޕާމިޓް އެބަހުއްޓެވެ. އެކަމަކު، އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކައި ގަވާއިދާ އެއްގޮތަށް އަމަލުކުރަނީ އެންމެ 39،004 ޕާމިޓު ހޯލްޑަރުން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: