ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފަށައިފިއެވެ.

އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ ހަރަކާތުގެ ވެމްކޯއާއި ސިޓީތަކާއި ބެހޭ ވުޒާރާ އާއި ގެދޮރުވެރިކަމާއި ބެވޭ ވުޒާރާ އާައި އެމްޕީއެލްއާއި ފުލުހުން ވެސް ބައިވެރިވާ ކަމަށް ކައުންސިލުން ވނީ ބުނެފައެވެ.

ކައުންސިލުން ބުނީ އެ ސަރަހައްދު ސާފުކުރުމަށް ފަހުގައި ބައެއް މަގުތަކަށް އާންމުނަށް ނުވަދެވޭ ގޮތައް ބަންދުކުރާނެ ކަމަށާއި އެގޮތަށް ނިންމާފައިވަނީ އެ މަގުތަކުގައި ޕިކަޕުތައް ޕާކުކޮށް ކުނިއަޅާތީ ކަމަށެވެ. މާލެ ސަރަހައްދުގައި ބަލިތައް އިތުރުވަމުންދާތީ އެ ސަރަހައްދު ސާފު ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މާލެ ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: