ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ގެނެސްދޭނެކަަމަށް ބުނެ އޮޅުވާލައިން ފައިސާ ނެގި މައްސަލައެއް ބަލަނީ!

ހުޅުމާލެ ފޭސް ދޭއްގައި ކާރުތަކެއް ޕާކުކޮށްފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގައި ސްކޭމް ކުރުމުގެ މައްސަލަތައް އިންތިހާ ގޯސްވެފައިވާއިރު، ފުލުހުންވަނީ އިތުރު ގޮތަށް އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަމުގެ މައުލޫމާތުތައް ހާމަކޮށްފައެވެ. އެގޮތުން އެ މުއައްސަސާއިން ނެރިފައިވާ ބަޔާނެއްގައި ވާގޮތުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމެންޓުންދަނީ ވެހިކަލްތަކެއް ގެނެސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލައެއް ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނެފައިވާގޮތުން މަކަރާއި ހިލާތުން އޮޅުވާލައިގެން އުޅަނދުތަކެއް ގެނެސްދިނުމަށް ބުނެ ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވެނީ ”މެގަޓްރޮން މޯޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް“ ގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ މުއައްސަސާއިން މިހާރު މަސައްކަތްކުރަމުންދަނީ އިތުރު އެއްވެސް ބައެއްގެ އަތުން އެ ކުންފުނިން ފައިސާތަކެއް ނަގާފައިވޭތޯ ދެނެގަތުމަށް ކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އެހެންކަމުން ”މެގަޓްރޮން މޯޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް“ މެދުވެރިކޮށް ވެހިކަލްއެއް ގެނައުމަށްޓަކައި ފައިސާ ހަވާލުކޮށްފައިވާނަމަ، އެ މީހަކު މޭ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމެންޓުގެ ފޯނު ނަމްބަރު 9790048 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެެދޭކަމަށް ބުނެފައިވެއެވެ.

ފުލުހުންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: