ސްކޫލުގެ ބަންދު ދުވަސްތަކާއި ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓުތައް ޓްރެވިންޑްރަމްއާއި ކޮޗިންއަށް އިތުރުކޮށްފި އެވެ.
މޯލްޑިވިއަން ޓްރެވިންޑްރަމަށް ފްލައިޓުތައް އިތުރުކޮށްފައި ވަނީ މޭއި 06، 10، އަދި 20 ގަައި ދަތުރުތައް ޝެޑިއުލް ކުރުމަށެވެ. އެގޮތުން މާލެއިން ޓްރެވިންޑްރަމަށް ރޭގަނޑު 19:35 އަށް ޝެޑިއުލް ކުރިއިރު ޓްރެވިންޑްރަމްއިން މާލޭގެ ޝެޑިއުލް ހަމަޖެހިފައި ވަނީ 22:30 އަށެވެ.
Additional flights to Cochin now available. Enhance your travel plans by booking your next journey with us today. ✈️ pic.twitter.com/SJgPrlzeIf
— MaldivianAero (@MaldivianAero) May 4, 2024
Exciting news! We're adding more flights to your favorite destination. Reserve your seat today! ✈️ pic.twitter.com/Ni9pFHik6i
— MaldivianAero (@MaldivianAero) May 4, 2024
މޯލްޑިވިއަންއިން ކޮޗިނަށް ފްލައިޓުތައް އިތުރުކޮށްފައި ވަނީ މޭއި 08، 17، 21 އަދި ޖޫން 19 ގައި ދަތުރުތައް ކުރުމަށެވެ. އެގޮތުން މާލެއިން ކޮޗިންއަށް ރޭގަނޑުގެ 19:35 އައި، ކޮޗިނުން މާލެއަށް 22:35 ގައި ދަތުރު ކުރުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
ޗުއްޓީ ދުވަސްތަކާއި ދިމާކޮށް ޑިމާންޑު ބޮޑުވުމުން މޯލްޑިވިއަން ވަނީ އަތޮޅު ތެރޭގެ ބައެއް ދަތުރުތަކުގެ ޝެޑިއުލްތައް ވެސް އިތުރުކޮށްފަ އެވެ.

