ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް ފްލެޓު ހަވާލު ކުރަން އަންގަން މަޖިލީހުން ފާސްކޮށްފި

ގޯއްޗާއި ފްލެޓުތަކުގެ މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓުތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފްލެޓުތަކުގެ މައްސަލައިގެ ޝަކުވާ ދިރާސާކޮށް ކޮމިޓީ ރިޕޯޓެއް އެކުލަވާލީ ގައިމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީންނެވެ. ރިޕޯޓު ފާސް ކުރުމަށް ފެންނަކަމަށް 29 މެމްބަރަކު ވޯޓު ދިން އިރު، އެއްވެސް މެމްބަރެއް ރިޕޯޓާ ދެކޮޅަށް ވޯޓު ދީފައި ނުވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓުތައް ހަވާލު ކުރުން ލަސްވާކަމަށް ފާހަގަކުރައްވައި ހުށަހެޅި މައްސަލައިގައި ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރާއި ވެސް ކޮމިޓީން ބައްދަލު ކުރި އެވެ. އަދި މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީނާއި، މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު އާރިފްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނާއި ވެސް ވަނީ ބައްދަލުކޮށްފަ އެވެ.

ރިޕޯޓުގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކީ ފްލެޓު ހަވާލު ކުރުން ލަސްވުމާއި، ލިސްޓު ގެޒެޓު ކުރުމަށް ފަހު އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ފެންމަތިވިކަމާއި ލިސްޓާއި އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފްލެޓުތައް ހަވާލު ކުރައްވާނެކަމަށް ވައުދުވުމެވެ.

މި ޝަކުވާތަކަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ގެޒެޓުގެ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް ފްލެޓުތައް ހަވާލު ކުރުމާއި، ގިނަ ބައެއްގެ ހައްގާއި ގުޅިފައިވާކަމެއްގައި މިގޮތަށް މައްސަލަ ދިގު ދެންމުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ފްލެޓުތައް ހަވާލު ކުރުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާނިޝަނަލް މުއްދަތުގައި އާންމު ކުރި ފްލެޓު ލިސްޓަށް ގިނަ ބަޔަކު ދެކޮޅު ހަދައި ހައުސިން މިނިސްޓްރީގައި މުޒާހަރާ ކުރި އެވެ. އޭރު އެންމެ ބޮޑަށް ސުވާލު އުފެދުނީ ފްލެޓަށް ޕޮއިންޓު ދީފައިވާ އުސޫލާ މެދު އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. އޭގެ ފަހުން އެ ކޮމިޝަނުން ހައުސިންއަށް އެއްވެސް މައްސަލައެއް ނެތްކަމަށް ބުނާ ލިސްޓެއް ފޮނުވި މައްސަލަ ވެސް ވަނީ ގޯސްވެފަ އެވެ.

ފްލެޓުގައި ވާނުވާ ނޭނގި، ރަނގަޅު މައުލޫމާތުތައް ނުލިބޭތީ އެކަމާ ގުޅޭގޮތުން އާންމުން ދަނީ ތަކުރާރުކޮށް ސުވާލު ކުރަމުންނެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: