ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު މައްސަލައިގައި އޭސީސީގެ ރިޕޯޓެއް އެބައޮތް، ރައްޔިތުންގެ ހައްގުތައް ގެއްލެން ބޭނުމެއް ނޫން: ސަރުކާރު

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ދޫކުރި ފްލެޓުތަކާއި ގުޅޭ ރިޕޯޓުން ކަންބޮޑުވާން ޖެހޭ ކަންތަކެއް ފެންމަތިވެފައިވުމުން އެ ރިޕޯޓު އެއްފަރާތް ކުރުމަށް ފަހު އެހެން ގޮތަކަށް އަމަލު ކުރުން އެއީ އެންމެ އިންސާފުވެރި ގޮތެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ޝަރުތު ހަމަވެ އޮންނަ އުސޫލުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަން އޭސީސީ ވަނީ ހައުސިން މިނިސްޓްރީއަށް ފޮނުވާފަ އެވެ. ފްލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައިވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ. ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

މި މައްސަލަ މިހާރު ލަސްވާ ސަބަބެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އޭސީސީގެ ތަހުގީގުތައް ކުރިޔަށް ދިއުމާއި، އަދި ޕޯޓަލް އެކްސެސް މިނިސްޓްރީއަށް ނެތުމެވެ. މި މައްސަލައިގައި، މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ގެޒެޓުގައި ލިސްޓެއް ޝާއިއުކޮށްފައިވާ އިރު އެއްވެސް ބަދަލެއް ނުގެނެސް ފްލެޓުތައް ހަވާލު ކުރަން ސަރުކާރަށް އެންގުމަށް ވަނީ ފާސްކޮށްފަ އެވެ.

އެކަމަށް ނޫސްވެރިއަކު ކުރި ސުވާލަށް ހީނާ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލައިގައި އެކުލަވާލާފައިވާ ރިޕޯޓެއް އެބައޮތް ކަމަށެވެ. ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ޕްރޮސެސްކޮށް، ޕޮއިންޓު ދިން ގޮތުގެ މައްޗަށް ކުރިޔަށް ދާ ތަހުގީގުން ކަންބޮޑުވާ ކަންތަކެއް ފެންމަތިވެފައިވާކަމަށް ހީނާ ވިދާޅުވި އެވެ.

އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫންކަމަށް ހީނާ ވިދާޅުވި އެވެ. އެހެންކަމުން ޕޮއިންޓު ދީފައިވަނީ ގޯސްކޮށްކަމާއި، ފްލެޓު ދީފައި ހުރި ގޮތުގެ ކަންކަން އެނގިގެންދިޔަ ރިޕޯޓެއް ބޮލާލާ ޖެހުމަށް ފަހު އެހެން ގޮތަކަށް އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރެވޭކަމަށް ހީނާ ވިދާޅުވި އެވެ.

އޭސީސީގެ ރިޕޯޓެއް އެބައޮތް، ފްލެޓުތައް ދީފައި ހުރި ގޮތާއި ގުޅޭގޮތުން.. އޭގައި އެބަހުރި ކަންބޮޑުވާ ކަންތައްތަކެއް.. އެހެންވީމަ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުން އއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން.. އެ ހުރިހާ ކަންބޮޑުވުންތައް އޭސީސީގެ ރިޕޯޓުގައި ވަނިކޮށް، އެ ރިޕޯޓު ބޮލާލާއި ޖަހައި އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުން އެއީ ފްލެޓު ނުލިބި ތިބި ފަރާތްތަކަށް ވެސް، އަދި ފްލެޓު ލިބުނު ފަރާތްޔަކުގެ ވެސް ހައްގު ގެއްލިގެންދާކަމެއް… އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން މަސައްކަތް ކުރާނީ، އެންމެ އިންސާފުވެރި ގޮތަށް… އެންމެ ރަނގަޅު ގޮތަށް މަސައްކަތްކޮށްގެން، އެކަން ހައްލު ކުރަން..

މަޖިލީހުގެ މި ނިންމުމުގެ އިތުރަށް ދާދިފަހުން، ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ދޫކުރި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުމުން ލާޒިމުވާ ގޮތަށް ބިމާއި ބެހޭ ގާނޫނަށް ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: