ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ކުޑައިމީސްކޮށް ޕޯސްޓުތައް ކުރާ ދިވެއްސެއްގެ މައްސަލަ ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދީނަށް ކުޑައިމިސްކޮށް ތަފާތު އެކި މޭރުމުން ޕޯސްޓުތައް ކުރަމުން ދިޔަ ދިވެއްސެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

މިއަދު ފެންމަތިވި މި މައްސަލައިގައި، ހިމެނޭ މީހާގެ އެކައުންޓުން އެކި ދުވަސްތައް މަތީން ދީނަށް ފުރައްސާކޮށް ޕޯސްޓުކޮށްފައި ވެެއެވެ. އަދި ރަސޫލުކަމަށް ދައުވާކޮށް، އާއިލާ މީހުންގެ ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.

ބައެއް މީހުން ބުނި ގޮތުގައި އޭނާއަކީ ސިކުނޑީގެ މައްސަލައެއް ހުރި މީހެކެވެ. އަދި ފުލުހުން މި މައްސަލަ ބަލަން ޖެހޭކަމަށް ގޮވާލުމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ސޯޝަލް މީޑިއާގެ އެކައުންޓް ބޭނުން ކުރަމުންދާ މީހާ އާއި އޭނާގެ ކޮންޓެންޓްތަކާއި ގުޅޭގޮތުން ސީރިއަސް ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި މައްސަލައާއި އެކު އާންމުން ދަނީ، ފާޅުގައި ނިކުމެ ދީން ގަބޫލު ނުކުރާކަމަށް ވާހަކަ ދައްކާ މީހުންގެ މައްސަލަ ވެސް ބަލަން ގޮވާލަމުންނެވެ. އެގޮތުން އެފަދަ މައްސަލައަކާއި އެކު ރާއްޖެ ދޫކޮށް ދިޔަ ފިރިހެން މީހާ އަދިވެސް ދަނީ ދީނީ މިނިވަންކަމަށް ގޮވާލައި ވާހަކަ ދައްކަމުންނެވެ.

މިފަހުން ފުލުހުން ވަނީ ސޯޝަލް މީޑިއާގައި ފިރިހެނެއް އަންހެން ހެދުމުގައި ވީޑިއޯތައް ހަދާ މައްސަލައިގައި ވެސް ހައްޔަރުކޮށްފަ އެވެ. އެއީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށް ހުކުމެއް އިއްވި މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: