ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ކޮންމެ އަހަރަކު 10 މުވައްޒަފުން ހައްޖަށް ފޮނުވުން: ޝަރީފު

އަމާޒަކީ ކޮންމެ އަހަރަކު 10 މުވައްޒަފުން ހައްޖަށް ފޮނުވުން: މެނޭޖިން ޑިރެކްޑަރ ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ އަމާޒަކީ ކޮންމެ އަހަރަކު 10 މުވައްޒަފުން ހައްޖަށް ފޮނުވުންކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމް.އޭ.ސީ.އެލް ޙައްޖު ސްޕޮންސަރޝިޕަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ދޭ ސްޕޮންސަޝިޕްއެކެވެ.

މިކަމަށްޓަކައި މިއަދު ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމެންޓުގެ ބޭފުޅުން އަދި ޙައްޖު ސްޕޮންސަރޝިޕް ލިބުނު މުވައްޒަފުންގެ އާއިލާގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމް.އޭ.ސީ.އޭލްއިންދަނީ ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށް ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޝަރީފު ވިދާޅުވީ ހައްޖު ކޯޓާ ހޯދުމަށް ކުންފުނިން ދަތި ތަކެއް ކުރިމަތިވި ނަމަވެސް އިސްލާމިކް މިނިސްޓްރީ އާއި މަޝްވާރާކުރެއްވުމަށްފަހު އެ ފުރުސަތު ފަހި ވެގެން ދިޔަކަމަށެވެ.

ކޮންމެ ކުންފުންޏެއްގައިވެސްް ކުރިއެރުމުގައި އިސް ރޯލެއް އަދާކުރާ ބަޔަކީ މުވައްޒަފުންނަށް ވާއިރު މުވައްޒަފުންނަކީ މުހިންމު ބަޔެކެވެ. އެ ގޮތުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން ވަނީ ކުންފުނިއަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުންފުނިން ބަހައްޓާ ގާތްކަމާއި މުވައްޒަފުންގެ ލާބަޔާ މަންފާއަށް މުވައްޒަފުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެ.މް.އޭ.ސީ.އެ.ލްއިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ކުންފުނީގެ މުވައްޒަފުންނަަށް ދޭން ފެނީ 1998 ވަނަ އަހަރުއެވެ. އެކިސަބަބުތަކާއި ހުރެ އެމަސައްކަތް މެދުކެނޑުމަކަށްފަހު 2017 ވަނަ އަހަރު 10 މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ވަނީ ދީފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން އެކަން މެދުކެނޑުމަށްފަހު 2023 ވަނަ އަހަރު 5 މުވައްޒަފަކަށް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައެވެ.

 އެމް.އޭ.ސީ.އެލް އިން މި ފުރުސަތު ލިބުނު 10 މުވައްޒަފުންނަކީ:

  • ޢަބްދުލް ލަތީފް ޢަލީ – އެމްޕްލޯއީ ފެސިލިޓޭޝަން  އެންޑް  ޓްރާންސްޕޯޓް
  • އަޙްމަދު ޖަލީލް – އެމްޕްލޯއީ ފެސިލިޓޭޝަން  އެންޑް  ޓްރާންސްޕޯޓް
  • މުޙައްމަދު ރަޝީދު އަބްދުއްﷲ – ވޯޓާ އެންޑް  ސްވަރޭޖް  ސަރވިސަސް
  • އަޙްމަދު ޢާދިލް – މެކޭނިކަލް ސަރވިސަސް
  • ޢަލީ ރިޔާޒް އިސްމާޢީލް – އޭރޮނޮޓިކަލް އިންފޮމޭޝަން ސަރވިސަސް
  • އިބްރާހިމް ސިރާޖު – ޓަރމިނަލް ފެސިލިޓީ  މެނޭޖްމަންޓް
  • އިބްރާހިމް ޚާލިދު – އެއަރ ޓްރެފިކް  ސަރވިސަސް
  • އަޙްމަދު އިބްރާހިމް – ފިއުލް ސަރވިސަސް
  • ޙައްވާ ޝަޒްދާ – ބެގޭޖް ސަރވިސަސް
  • ޖީޒާ މުޙައްމަދު – ޓެލެންޓް އެކުއިޒިޝަން އެންޑް ޓޯޓަލްރިވަރޑްސް

2017 ވަނަ އަހަރުން ފެށިގެން އެމް.އޭ.ސީ.އެލްއިން މުވައްޒަފުންނަށް ޙައްޖުގެ 10 ފުރުސަތު ހޯދައިދެމުން ގޮސްފައިވެއެވެ. އަދި ކޮވިޑުގެ ޢާލަމީ ވަބާއާއި ގުޅިގެން މެދު ކެނޑުމަށްފަހު މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންނަށް މި ފުރުސަތު އަލުންދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 5 ފުރުޞަތުގައި 5 މުވައްޒަފުންނަށް ޙައްޖު ސްޕޮންސަރ ދެވިފައި ވެއެވެ. އަދި މިއަހަރުގެ ކޯޓާ އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 10 ބޭފުޅުންނަށް ފުރުޞަތު ދެވިފައިވާކަން އުފަލާއިއެކު ފާހަގަ ކުރަމެވެ. ޙައްޖުގެ ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންނަށް ތިކަހަލަ އިނާޔަތްތައް ލިބޭ އިރު ކީއްވެތޯ ސަރުކާރު މުވައްޒަފުންނަށް، ތިކަހަލަ އިނާޔަތެއްގެ ޒައްރެއް ވެސް ނުލިބެނީ؟ ތިވެސް ހަމަ ރައްޔިތުންގެ ޙައްޤު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: