ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ”އުފާ ފެސްޓިވަލް“ ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި އެޗް.ޑީ.ސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2 ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

”އުފާ ފެސްޓިވަލް“ ކުރިއަށްދާނީ 10 އަދި 11 މޭ 2024ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 10ށެވެ.

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މަގުސަދުގައި ބޭއްވޭ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ މަޖާ ކުރެވޭގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނެއެވެ.

އުފާ ފެސްޓިވަލުގައި އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީއެވެ. އަމިއްލަ ފެންބަޑި ހިފައިގެން އައިސް 11 ވަނަ ދުވަހު ހަވީރު 4އަކާއި 6ކާ ދޭތެރޭ މި މަޖަލުގައި ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.

އުރީދޫގެ ފަރާތުން މި ފެސްޓިވަލުގައި 11 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ ”ވުޑީ ވުޑްޕެކަރ ގޯޒް ޓު ކޭމްޕް“، މި ފިލްމެވެ. ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއި ރައްޓެހިންނާއިއެކު މި ހަފްތާބަންދު ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއްކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: