ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ހާލަތު ގޯސް، ސާފު ހަރަދާއި ދަތުރު މަދެއް ނުކުރޭ: ޖަމީލް

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް މާލީގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ހުރިކަން ސާފުކޮށް އެނގޭކަމަށާއި އެހެންނަމަވެސް ސަރުކާރުން ދިވެހި މާލިއްޔާތުން ކުރަމުންދާ ހަރަދުތައް މަދުނުކޮށްފައިނުވާކަމަށް ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ވޯލްޑް ބެންކްއިން ދިވެހިރާއްޖޭގައި އަވަސް ގޮތަކަށް މާލީ އިސްލާހުތަކެއް ގެނަން ޖެހިފައިވާކަމަށް ފާހަގަކޮށް ދާދި ފަހުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ރާއްޖޭގެ އިގްތިސާދު ނުރައްކަލުގެ ތެރެއަށް ހުށައެޅިފައިވާކަމަށް ބުނެ ދީފައިވާ އިންޒާރުތަކަށް އަލިއަޅުއްވައި ޑރ ޖަމީލްވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅެމުންދާ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

ޑރ ޖަމީލް ވިދާޅުވީ، ދިވެހި އިގްތިސާދަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަކީ ނޭނގޭ ވާހަކައެއް ނޫންކަމަށެވެ. އެހެންނަމަވެސް އަދިވެސް ސަރުކާރުން ހަރަދު ކުރަމުންދާ މިންގަނޑުތައް ދަށް ނުކުރާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުވަނީ ސިޔާސީ މަގާމުތަކުގެ އަދަދުތައް އިތުރުނުކުރައްވާނެކަމަށް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް އެގޮތުގެ މަތިން އަމަލުކުރެއްވިފައިނުވާއިރު، ކެބިނެޓުގައި ތިއްބަވާ ވަޒީރުން ކުރައްވަމުންދާ ދަތުރުތަކުގެ އަދަދުވެސް މަދުކުރެވިފައިނުވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ މާލީ މަސައްކަތްތަކުގެ ސުލޫކާއި އަހުލާގު ދަންނަ އިހުލާސްތެރިކަންވެސް ހުރި ވެރިއެއްކަމަށެވެ. ޑރ ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް އަދި އިގްތިސާދީ ނަތީޖާއެއް ނެރެވޭ ފަދަ އެއްވެސް ކަމެއް ކުރެވިފައިނުވާކަމަށެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅުވައި ވޯލްޑް ބެންއިން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާވެގެންދާނެކަމަށް ބެލެވެނީ 4.7 އިންސައްތައިންކަމަށެވެ. އަދި މިއީ ކުރީގެ އަންދާޒާއަށްވުރެ ދަށް އަދަދެއްކަމަށާއި، ދިވެހިރާއްޖެއަށް މި ހާލަތުން އަރައިގަތުމުގެ މަގު ފަހިކުރުމަށްޓަކައި މާލީ އިސްލާހުތަކުގެ ބޭނުންޖެހިފައިވާކަމަށެވެ. އެ ބެންކްއިން ބުނެފައިވާގޮތުން ފަތުރުވެރިން އަންނަ އަދަދަު އިތުރުވަމުންދިޔަ ނަމަވެސް ފަތުރުވެރިކަންވެސް ހިމެނޭހެން އެހެނިހެން މައި އިގްތިސާދީ ދާއިރާތަކުގައިވެސް މަޑުޖެހުމެއް އަންނަމުންދާކަން ފެނިގެންދާކަމަށާއި ގިނަ އަދަދެއްގެ އެރައިވަލްއަސް ލިބުނު ނަމަވެސް ޒިޔާރަތްކުރާ ފަތުރުވެރިން ހޭދަކުރާ މިންގަނޑުތައް ދަށްވުމާއި ހުންނަ މުއްދަތުގެ ކުރުވުމުން އެކަމުގެ އަސަރު ޖުމުލަ އިގްތިސާދަށް ފޯރާފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: