ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ޒަމީރު ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނިއު ދިއްލީގައި ތިބި ދިވެހިންނާ ބައްދަލު ކުރެއްވުން/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރ މޫޒާ ޒަމީރު އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވައިފި އެވެ.

ތާޖް ޕެލަސް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ޒަމީރު ވަނީ ދިއްލީގައި ތިބި ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ. ބައްދަލުވުމަށް ފަހު ޒަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސިޓީގައި ދިރިއުޅޭ ދިވެހިން ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް އޮޅުންފިލުގައި އެކަން ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ޒަމީރު ވިދާޅުވީ ވިސާ ހޯދުމަށް ނިއުދިއްލީއަށް ދަތުރު ކުރަން ޖެހޭ ދަރިވަރުންގެ އަދަދު ވެސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، އެ ދަރިވަރުންނަށް ދިމާވާ ދަތިތައް ވެސް ދެނެގަނެ އެކަމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަކަށް ޒަމީރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމްއާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި ދެ ބޭފުޅުންގެ މެދުގައި ކުރި މަޝްވަރާތަކުގައި ވަނީ އިންޑިއާގެ ސިފައިން ފޮނުވާލުމުގެ އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރިޔަށް ދާގޮތް އޮޅުންފިލުވާފަ އެވެ.

މި މަޝްވަރާގައި ދެ ގައުމު ވެސް ދިން ޔަގީންކަމަކީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެހީތެރިކަން ހޯދުމުގައި އެކުގައި ދެމި އޮންނާނެ ކަމަށެވެ. އަދި ޒަމީރު ވަނީ ރާއްޖެއަށް ބޭނުންވާ ކޮންމެ ހާލަތެއްގައި އިންޑިއާ ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: