ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހާއި ޖަމީލަށް މިއަދު އޮތީ ސިޔާސީ ހަގީގަތް ގަބޫކޮށްގެން ތިބުން: ފައިސަލް

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް/ ފޮޓޯ: ކެމްޕެއިން ޓީީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ސަރުކާރެއްގައި ވެސް ދައުލަތުގެ މަގާމުތައް އަދާކޮށްގެން މުހައްމަދު މަލީހު ޖަމާލަށާއި، ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ކުރެވުނު ވަކި މޮޅުކަމެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް އުޅުއްވާ މަލީހާއި ޖަމީލު ކެބިނެޓު ވަޒީރުންގެ ތެރެއިން އެންމެ ބޮޑަށް ނުރުހުން ވަނީ ފައިސަލްއަށެވެ.

ވެރިކަން ކުރާ މައި ޕާޓީގެ ޗެއާޕާސަން، އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލްއާއި ޒާތީ ގޮތުން ދިމާކުރައްވައި ޖަމީލާއި މަލީހު ވަނީ އެކި ފާޑުކިއުންތަކުގެ ޕޯސްޓުތައް ކުރައްވާފަ އެވެ.

ފާޑުކިއުންތަކަށް ރައްދު ދެއްވައި ފައިސަލް ވިދާޅުވީ، ހުރިހާ ސަރުކާރެއްގައި މިނިސްޓަރުކަންކޮށް މަލީހަށް ލިބުނު ވަކި މޮޅެއް ނުވަތަ ކުރެވުނު މޮޅުކަމެއް ނެތްކަމަށެވެ. ފައިސަލް ވިދާޅުވީ އޭނާއަކީ މާ މޮޅު މީހެއްކަމަށް އެއްއިރެއްގައި ވެސް ވިދާޅުވެފައި ނުވަނެކަމަށާއި، މިހާ މޮޅު މީހަކަށް ވަނީ އަނެކާއަށް ކުރާ އިހުތިރާމަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ޖަމީލާއި، މަލީހު ދެބޭފުޅުންނަށް އޮތް ހަމައެކަނި ގޮތަކީ ސިޔާސީ ހަގީގަތް ގަބޫލު ކުރުންކަމަށެވެ. އަދި ދެބޭފުޅުން ދައްކާ ވާހަކައަކުން ފަހަތަށް ނުޖެއްސޭނެކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާ، މަލީހާއި ޖަމީލަށް ސަރުކާރުގެ އިސްބޭފުޅުން ވަނީ ރައްދު ދެއްވައި ދެ ބޭފުޅުން ވެސް ބޭނުން ވަނީ މަގާމުތައްކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެ ސަރުކާރެއްގައި މަލީހަކީ ވަޒީރުގެ މަގާމު ދޭން ޖެހޭ ބޭފުޅެއް ނޫންކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 7%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: