ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ސްޓާފް އޮފް ދި އިޔާރ 2023: ފާތިމަތު މަދަދާ!

ސަންގުޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޕްރައިވެޓް މީޑިއާތަކުގެ ތެރެއިން ވޭތުވެދިޔަ 09 އަހަރުން ފެށިގެން އެންމެ އުހުގައި ފިޔަ ޖަހަމުން އައީ ސަންގު ޓީވީކަން އެއީ ދެބަސްވެވެން ނެތް ހަގީގަތަކެވެ. ސިޔާސީ ކޮންމެ އެއްވުމުގެ ތެރެއިންނާއި، އިޖްތީމާއީ ދާއިރާ އަދި އާންމުންގެ ކަންބޮޑުވުންތަކާއި ގުޅުން ހުރި ކަމެއްގެ ތެރޭގައި ސަންގުގެ މައިކް ފެންނާނެ އެވެ. މިއަދާއި ހަމައަށް ސަންގު މީޑީއާއެއްގެ ގޮތުގައި އައުމުގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ ކުރީގެ މުވައްޒަފުންނާއި އަދި މިހާރުގެ ހީވާގި މުވައްޒަފުންނެވެ.

މިދިޔަ އަހަރެއްގެ ތެރޭގައި ސަންގުގެ މުޅި ޓީމު އަވަދިނެތި އުޅުނީ ރިޔާސީ އިންތިހާބުގެ ކަވަރޭޖަށެވެ. އަދި ސަންގުއަކީ އެންމެ ރަނގަޅަށް ކަވަރޭޖު ގެނެސްދޭ މީޑިއާއަށްވުމަށް ކުރި މަސަައްކަތާއި އެކު، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރާ ނޫސްވެރިންނާއި މުވައްޒަފުން ދައްކަމުން ދިޔަ ހިތްވަރާއި ޝަކުވާއެއް ނެތި ކުރި ބުރަ މަސައްކަތް އަބަދުވެސް ބަލައިގަންނަނީ ހިތްހަމަޖެހުމާއި އެކު އެވެ.

އަހަރީ ދުވަހާއި ދިމާކޮށް، މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާއާއި ސެޓްފިކެޓު ހަވާލުކުއިރު ފާހަގަކުރެވޭ އެންމެ އަގުހުރި އިނާމަކީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފު ހޮވުމެވެ. ނޫސްވެރިކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުން ސަންގުގެ ނިއުސްރޫމްގައި އުމުރުން އެންމެ 16 އަހަރުގައި މަސައްކަތް ކުރަން ފެށި މަދަދާއަކީ މިވަގުތު ރާއްޖޭގެ ޓީވީ މީޑިއާގައި އެންމެ ކުރީގައި ގުނާލެވޭނެ މޫނެވެ. ތަނާއި އެކު ހޭދަކުރި ދެ އަހަރުގެ ތެރޭގައި، މީހާގެ ނަފްސު ތަރައްގީ ކުރުމަށް އެހެން ކޮންމެ މީހަކު ދޭ ނަސޭހަތުގައި ހިފައި ގަދައަޅައި މަސައްކަތް ކުރުމުގެ ނަތީޖާއަކީ އެންމެ ފުރަތަމަ އަހަރު ވެސް ”ސަންގު ރައިޒިން ސްޓަރ“ ގެ ޝަރަފުވެރި އެވޯޑު ހާސިލު ކުރުމެވެ. އަދި ޖެހިގެން އައި އަހަރު ސްޓާފް އޮފް ދި އިޔާ ވަނީ ކާމިޔާބުކޮށްފަ އެވެ.

މި ކާމިޔާބީއަށް ފަހު ރޭގެ ހަފްލާގައި މަދަދާ ވަނީ ދާއިރާގައި ތަޖުރިބާއެއް ނެތި ސަންގުއިން އޭނާއަށް ދިން ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ކުރިއެރުމަށް މަސައްކަތް ކުރިކަން ފާހަގަކޮށްފަ އެވެ. މަދަދާ ބުނީ އޭނާ ބޭނުން ވަނީ މުޖްތަމައު ބަލައިގަންނަ މީހަކަށްވުމަށްކަމަށާއި، އެކަމުގައި އެންމެ ބޮޑު އެހީތެރިއަކަށްވީ ސަންގު ކަމަށެވެ.

ސްޓާފް އޮފް ދަ އިޔާ ހާސިލް ކުރި ފާތިމަތު މަދަދާ.

މި ހަފްލާގައި މުވައްޒަފުންގެ މެދުގައި ދެން އެވޯޑު ދިނީ “މޯސްޓް ޕްރޮމިސިން އެމްޕްލޯއީ” އެވެ.

އެއީ:

ސަންގު ޓީވީގެ އޮންއެއާ އިންޗާޖް: ދަހާ އިބްރާހީމް

މޯސްޓް ޕްރޮމިސިން އެމްޕްލޯއީ އޮފް ދަ އިޔާ ހާސިލް ކުރި ދަހާ އިބްރާހީމް.

ސަންގު ޓީވީގެ އޮންއެއާ އޮޕަރޭޓާ: ހުސައިން ޝަހުދާން މުހައްމަދު

މޯސްޓް ޕްރޮމިސިން އެމްޕްލޯއީ އޮފް ދަ އިޔާ ހަސިލް ކުރި ހުސައިން ޝަހުދާން.

ސަންގު ޓީވީގެ އެޑްމިން އެގްޒެކްޓިވް: އައިމިނަތު ނިޝްފާ

މޯސްޓް ޕްރޮމިސިން އެމްޕްލޯއީ އޮފް ދަ އިޔާ ހާސިލް ކުރި އައިމިނަތު ނިޝްފާ.

މިއަދު ރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއިއެކު ހުރިހައި ކުލައެއް އެއް ސްކްރީނަކުން ފެންނާނެ ހަމައެކަނި ސްކްރީނަކީ ސަންގު ޓީވީގެ ސްކްރީނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: