ފަޟީހަތްވާނީ ދޮގު ހަބަރު ފަތުރާ މީހުންކަމަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޓީމު އޮތީ ބަދަހިކޮށްކަމަށް އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަބްދުލްރަހީމް ވިދާޅުވީ ރައީސް ޑރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދިޔަކަމަށެވެ.
އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީން ނުކުމެ ސާބިތުކޮށް ދެއްވާފައިވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް…
— Abdul Raheem Abdulla (@Banafsaa) May 11, 2024
މިކަން ބަލައި ނުގަނެވިގެން އެމަނިކުފާނުގެ ޓީމު ރޫޅާލުމަށް އަދިވެސް ދޮގު ހަބަރުތައް ފަތުރަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ ސަބަބުން ފަލީހަތްވާނީ އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަބްދުލްރަހީމް ވިދާޅުވިއެވެ.
އަބްދުލްރަހީމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށްކަމަށާއި، ދިވެހީން ދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށްކަމަށެވެ.

