ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ވެސް، އަބަދުވެސް ސަންގު ދެމި އޮންނާނީ މިނިވަން ހަމަހަމަ ނޫސްވެރިކަމެއް ކުރުމުގައި: ޑިރެކްޓަރ ލީނާޒް

ސަންގުޓީވީގެ ޑިރެކްޓަރ ލީނާޒް ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގުޓީވީ އުފެދިގެން އައުމުގެ އަމާޒަކީ މިނިވަން ނޫސްވެރިކަމެއް ތެދު މައުލޫމާތާއި އެކު ފޯރުކޮށްދިނުންކަމަށާއި އެގޮތުގައި އަބަދުވެސް ތަން ދެމި އޮންނާނެކަމަށް ސަންގުޓީވީގެ ޑިރެކްޓަރ ލީނާޒް ހުސެއިން (ލިޒީ) ވިދާޅުވެއްޖެ އެވެ.

މީގެ ނުވަ އަހަރު ކުރިން 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ސަންގު ޓީވީއިން ސަންގު ފުމެންފެށީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ބާރުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

ސަންގަށް 09 އަހަރު ފުރުން ފާހަގަކޮށް، މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ލިޒީ ވިދާޅުވީ 2015 ވަނަ އަހަރު ސަންގު ޓީވީ އުފެދިގެން އައި އަޒުމުގައި މިއަދު ވެސް ދެމި އޮތް އިރު އެ ދުވަހާއި މިއަދާއި ތަފާތެއް ނެތް ކަމަށެވެ. މިނިވަން ނޫސްވެރިކަން، އެއްވެސް ނުފޫޒެއް ނެތި މިދިޔަ 09 އަހަރުގެ ތެރޭގައި ސަންގުއަށް ކުރެވުނީ މުވައްޒަފުންގެ ބުރަ މަސައްކަތުންކަމަށް ލިޒީ ވިދާޅުވި އެވެ.

ސަންގުގެ 09 އަހަރުގެ މާޒީގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް މާ ބޮޑު ތަފާތެއް ނުފެނޭ.. 2015 ވަނަ އަހަރާއި 2024 ވަނަ އަހަރު ވެސް ސަންގުޓީވީގެ ދާދި އެއްކަހަލަ.. ސަބަބަކީ މި ޓީވީ ވުޖޫދު ކުރެވުނީ މިނިވަން، ހަމަހަމަ ނޫސްވެރިކަމެއްގެ ތެރެއިން.. މިއަދު ވެސް އަބަދުވެސް.. ސަންގޓީވީ ދެމި އޮންނާނީ ހަމަހަމަ ދެފުށް ފެންނަ ނޫސްވެރިކަމެއް ކުރުމުގައި… ސަންގުއިން ދޮގެއް ނަހަދާނެ.. މި މަސައްކަތުގައި ވަރަށް ގިނަ މޫނުތައް ބަދަލުވެއްޖެ.. އެކަމަކު އަމާޒަކީ، ހަމަ އެއް އަމާޒެއް.. ތެދު މައުލޫމާތު އެންމެ އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުން.. މި މަސައްކަތުގައި އެންމެ އިސްކޮށް، ސަންގު ކޮޅަށް ޖެހުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެންގެ ފަރާތުން ހާއްސަ ޝުކުރެއް ދަންނަވަން.. މިރޭ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި، ސަންގުގެ މިހާރުގެ ބެކްބޯންތައް.. މި ޓީމަކީ ވަރުބަލިކަމެއް ނެތި، ޝަކުވާއެއް ނެތި، އެންމެ އުހުގައި ސަންގު ހިފަހައްޓާލަ ދޭ ސަންގުގެ ފަހުލަވާނުން.. ހުރިހާ ސްޓާފުންނަށް ހިތުގެ ފުންމިނުން، އިހުލާސްތެރި ޝުކުރެއް ދަންނަވަން..

ސަންގުގެ ކާމިޔާބީއާއި ހަމައަށް ވާސިލުވުމުގައި މޫނުތައް ބަދަލުވެގެން އައި ނަމަވެސް އަމާޒަކީ އެއް އަމާޒެއްކަމަށާއި އެއީ މިނިވަން ނޫސްވެރިކަމެއްގެ ތެރެއިން ތެދު މައުލޫމާތު ގެނެސްދިނުންކަމަށް ލިޒީ ވިދާޅުވި އެވެ. އަދި ސަންގު ދެމި އޮންނާނީ އަބަދުވެސް ހަމަހަމަ ދެފުށް ފެންނަ ނޫސްވެރިވެރިކަަމެއް ކުރުމުގައިކަން ފާހަގަކުރެއްވި އެވެ.

ސަންގުޓީވީގެ ޑިރެކްޓަރ ލީނާޒް ހުސެއިން އާއި ސަންގުގެ އަންހެން މުވައްޒަފުން

މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި ލިޒީ ރޭ ވިދާޅުވީ، ތަނުގެ މުވައްޒަފުންނަކީ ހީވާގިކަމާއި އެކު އެއްވެސް ޝަކުވާއެއް ނެތި ނަތީޖާ ނެރުމަށް މަސަައްކަތް ކުރާ ޓީމެއް ކަމަށެވެ. އަދި ސަންގު މިއަދާއި ހަމައަށް ގެނެސް ދިނުމުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

މިއަދު ރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއިއެކު ހުރިހައި ކުލައެއް އެއް ސްކްރީނަކުން ފެންނާނެ ހަމައެކަނި ސްކްރީނަކީ ސަންގު ޓީވީގެ ސްކްރީނެވެ. މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: