ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ހުރިހާ ސުކޫލެއް އޭސީ ކޮށް، މުދައްރިސުން ތަމްރީނު ކުރުމަށް ގައުމީ ޕްރޮގްރާމެއް!

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު / އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސުކޫލުތައް އޭސީކޮށް، މުދައްރިސުން ތަމްރީނު ކުރުމުުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހާމަ ކުރައްވައިފިއެވެ.

މި ޕްރޮގްރާމަކީ މި މަހު 26 ގައި ފަށާ ދިރާސީ އަހަރަށް ހާއްސަކޮށް ފަށާ ޕްރޮގްރާމެކެވެ.

ފޭސްބުކުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި، ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ޓީޗަރުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސްކޫލްތަކުގައި ޓީޗަރުން ހޭދަކުރާ ވަގުތު މަދުކުރާނެކަމަށެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓެއް ފަށާނެކަން ހިއްސާ ކުރައްވާ މިނިސްޓަރު ވިދާޅުވީ ދެ އަހަރު ތެރޭގައި ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: