ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ދިން 50 މިލިއަން ޑޮލަރުގެ ލޯން އެއް އަހަރަށް ފަސްކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނު އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާ އިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ ސަރުކާރުން ރަސްމީކޮށް އެކަމަށް އެދި ހުށަހެޅުމުން އިންޑިއާއިން ވަނީ ލޯނު ފަސްކުރަން ނިންމައިފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ލޯނުގެ ތެރެއިން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށެވެ. އެސްބީއައިން އެގޮތަށް ނިންމީ ދިވެހި ސަރުކާރުން އެ ލޯނު ފަސްކޮށްދިނުމަށް އެދިފައިވާތީ ކަމަށް ހައިކޮމަޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިންޑިއާ އަށް ބާކީ ދައްކަން ޖެހޭ 100 މިލިއަން ޑޮލަރާ ގުޅިގެން އެއްވެސް ނިންމުމެއް ނިންމި ކަން އެ ބަޔާނުގައި ބުނެފައި ނުވިނަމަވެސް މި ސަރުކާރުން ވަނީ އެ ދަރަނި ވެސް ދެއްކުން ފަސްކޮށްދޭން އެދިފައެވެ. އެ ދަރަންޏަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައްކައި ހަލާސް ކުރަން ޖެހޭ ލޯނެކެވެ. އެ ލޯނުތަކަށް އަރާ އިންޓަރެޓްސް ރޭޓް ދައްކަމުން އައީ އިންޑިއާގެ ސަރުކާރުން ކަމަށްވާއިރު އެ ލޯންތަކަށް އަރާ އިންޓަރެސްޓް ރޭޓް ދިވެހި ސަރުކާރުން ދައްކަން ނުޖެހެއެވެ.

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް އޮފް ބޭންކް (އެސްބީއައި) މެދުވެރިކޮށް 200 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ވަނީ ނަގާފައެވެ. މި ލޯނަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: