ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އަޒަރްބައިޖާނާއިއެކު މަޝްވަރާތަކެއް!

ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އަޒަރްބައިޖާނާއިއެކު މަޝްވަރާ ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސަގާފަތާ ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައި ހުންނަ އެ ގައުމުގެ ސަގާފަތާ ބެހޭ ވުޒާރާގައެވެ. އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރުގެ އިތުރުން އެ ވުޒާރާގެ ބައެއް އޮފިޝަލުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހުރުއްޛިޔާދެވެ.

​މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ތަނުގައި ދެގައުމުގެ މެދުގައި ސަގާފީ ރޮނގުން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ސަގާފަތާއި ތަރިކައާ ގުޅޭ ކަންކަމުގައި ރާއްޖެއަށް ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ޢިލްމެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮަތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

​އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރު ވަނީ ”ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024“ ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވިކަމަށްޓަކައި ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޝޫޝާ ސިޓީގެ ތާރީޚީ އަދި ސަގާފީ މުއްސަނދިކަމާ ބެހޭ ގޮތުން ބައެއް މަޢުލޫމާތު ހިއްސާ ކުރެއްވި އެވެ. މި އަހަރު އަޒަރްބައިޖާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ކޮޕް29“ ކޮންފަރެންސާ ބެހޭ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޢާދިލް ކަރިމްލީ ވިދާޅުވީ އެ ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަގާފީ ދާއިރާއަށް ކުރާ އަސަރާއި ތިމާވެށި ހިމާޔަތްކުރުމުގައި ސަގާފަތުގެ ދައުރާ ބެހޭ ގޮތުން ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އަޒަރްބައިޖާނާއިއެކު މަޝްވަރާ ކުރެއްވުން.

އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރު ވެސް ވަނީ ސަގާފީ ރޮނގުން ރާއްޖެއަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރޮކޮށްދިނުމަށާއި ދެގައުމުގެ ދެމެދުގައި ސަގާފީ ރޮނގުން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.

”ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024“ ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ވަނީ އިސެސްކޯ ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާއެކު ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
​ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: