ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާސީ އައު އަހަރަށް ސުކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ރެހެންދި ސުކޫލު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސީ އައު އަހަރަށް ސުކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި މުއްދަތު އެޑިއުކޭޝަން މިނިސްޓަރީއިން އިތުރުކޮށްފިއެވެ.

އެގޮތުން މުއްދަތު އިތުރު ކޮށްފައިވަނީ މި މަހުގެ 15 އަދި 16 ގެ 2:00 ގެ ނިޔަލަށެވެ. މިނިސްޓްރީއިން މިކަން ހާމަ ކޮށްފައިވަނީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ސުކޫލު ބަދަލު ކުރުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ:

  1. ސަރުކާރު ސުކޫލެއްގެ ފައުންޑޭޝަން ސްޓޭޖްގެ ކުލާހަށް ވައްދަން ބޭނުންވާ ދަރިވަރުން
  2. ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
  3. ޕްރައިވެޓް ސުކޫލަކުން ސަރުކާރު ސުކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުުން
  4. ރާއްޖެއިން ބޭރުގެ ޤައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސުކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން

އިތުރުކޮށްފައިވާ މުއްދަތުގައި ބަލައިގަންނަނީ ހަމައެކަނި މި ފަރާތްތަކުގެ ފޯމެވެ.

މީގެ ކުރީގައި މި މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހުގެ 7 ވަނަ ދުވަހު 14:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ހުށައަޅާފައިވާ ފޯމުތަކަށް އިއްޔެ ވަނީ ޖަވާބު ފޮނުވާފައެވެ.

ދިރާސީ އައު އަހަރު ފެށޭނީ މި މަހުގެ 26 ގައެވެ. ނަމަވެސް ސަރުކާރުން ވަނީ ދިރާސީ އާ އަހަރު ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމާފައެވެ. އެއީ ކޮވިޑް 19 ގެ ކުރީގައި އޮތް ގޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: