ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ގައުމީ ފެންވަރުގައި ބީޗް ގޭމްސް ބޭއްވުމުގެ ވިސްނުން!

ސްޕޯޓްސް މިނިސްޓަރ ރާފިއު: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބީޗް ގޭމްސް މޯލްޑިވްސްގެ ނަމުގައި އެހެނިހެން ގައުމުތައްވެސް ބައިވެރިވާ ފެންވަރުގެ ކުޅިވަރު މުބާރާތްތަކެއް އިންތިޒާމުކުރުމުގެ ވިސްނުން ގެންގުޅޭކަން ސްޕޯޓްސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީއިން ކުރިއަށް ގެންދި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަދައްްކަވަމުން މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވީ، ސްޕޯޓްސް ޓުއަރިޒަމްގެ ދާއިރާ ފުޅާކުރުމަށްޓަކައި ސަރުކާރުން އަންނަނީ އިސްކަން ދީގެން މަސައްކަތްކުރަމުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ވިސިޓަރ އިކޮނޮމީ ކޮންސެޕްޓް ރައީސް އޮފީހުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލައި ކައުންސިލެއްވެސް ބިނާކޮށްފައިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކައުންސިލުގައި ހިމެނިވަޑައިގަންނަވާކަމަށްވުމުން އެކަމުގެ ތެރޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި އެކަމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކޭކަންވެސް ހާމަކުރެއްވިއެވެ.

އަމިއްލަ ފަރާތްތަކަކުން އިސް ނަގައިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބީޗު ގޭމްސް މުބާރާތަކަށް އަލިއަޅުއްވައި މިނިިސްޓަރ ވިދާޅުވީ، އެފަދަ ކަންކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއެރުވޭނެ ކަންކަން ކަމަށް ދެކިވަޑައިގަންވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބީޗު ނެޓްބޯލް ވޮލީބޯލްފަދަ އެކި ކުޅިވަރު މުބާރާތްތައް ބާއްވަމުންދާކަމަށާއި ބައެއް ގައުމުތަކުގައި އެހެނިހެން ގައުމުތަކަށް ޒިޔާރަތްކޮށްގެން ކުރިއަށް ގެންދާ ކުޅިވަރު މުބާރާތްތައްވެސް ހިންގާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ ހަރަކާތްތައް ރާއްޖެއާއި ހިސާބަށް ގެނައުމުގެ ބޮޑު ފުރުސަތެއް އޮތްކަމަށާއި މިފަދަ ބީޗުގައި ކުޅޭ ކުޅިވަރުތައް ރާއްޖެއަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ އެފަދަ ހަރަކާތެއް ބާއްވަން އެންމެ ރަނގަޅު އެއް ތަންކަމަށްވެސް ގަބޫލުކުރައްވާކަމަށާއި ރާއްޖޭގައި ބޭއްވި ބީޗް ގޭމްސްއިން އެހެން ގައުމުތައްވެސް އެ ވިސްނުން ގެންގުޅެމުންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސްރީލަންކާ ފަދަ ގައުމުތަކުގައި ކުރިއަށް ގެންދާ މިފަދަ ކުޅިވަރު މުބާރާތްތަކުގެ ބީޗުގައި ކުރިއަށް ގެންދާ ކޮމްޕޯނެންޓް ބޭއްވުމަށް މަސައްކަތްކުރެވިދާނެކަމަށެވެ. އަދި ހަމަ ބީޗް ގޭމްސް މޯލްޑިވްސްގެ ނަމުގައިވެސް މުބާރާތްތަކެއް ބާއްވައި އެހެން ގައުމުތަކަށް ދައުވަތުދީގެންވެސް ކުރިއަށް ގެންދެވޭނެކަމަށާައި އެކަމުން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: