ރަމަޟާން މަހަށް ހާއްސަކޮށްގެން މިފްކޯގެ ފަރާތުން ކުރިއަށްގެންދިޔަ ”ފަސްމީރު މާމީރު ރޯދަ ޕްރޮމޯޝަން 1445 ލަކީޑްރޯ“ ގެ ނަސީބުވެރިފަރާތް ހޮވައިފިއެވެ.
5 ފެބްރުއަރީ 2024 ގައި މިފްކޯގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގެ މުއްދަތުގައި މިފްކޯގެ ފިހާރަތަކުން ކުރާ 200 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަަފާރިއަކަށް ވަނީ ކޫޕަން ލިބިފައެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ފެބަރުއަރީ މަހުގެ 5 ފެށިގެން އޭޕްރިލް މަހުގެ 16 އަށް މާލެ، ހުޅުމާލެ އަދި މިފްކޯ ސެންޓަރުތަކުގައި ހުންނަ ފިހާރަތަކުގައެވެ.
މިފްކޯގެ މި ޕްރޮމޯޝަންގައި އެއްވަނައަށްދާ މީހަކަށް 100،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ދެވަނަ އަށްދާ މީހަކަށް 50،000 ރުފިޔާ އަދި ތިން ވަނަ އަށްދާ މީހަކަށް 25،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް ހޮވާފައިވާއިރު 100،000 ރުފިޔާގެ އިނާމް ލިބިފައިވަނީ ޔޫސުފް އަށެވެ. އަދި ދެވަނައަށް 50،000 ރުފިޔާ ސްރީ ޕްރިއަމް ކުމާރު ޑެބަށް ލިބިފައިވާއިރު ތިން ވަނައަށް ދިޔަ 25،000 ރުފިޔާގެ ނަސީބުވެރި ފަރާތަކީ އައިޝަތު އަފާންއެވެ.
މިފްކޯއިން ފައިސާގެ އިނާމް ހަވާލުކުރުމަށްޓަކައި ވަނަ ވަނަ އަށް ދިޔަ މީހުންނަށް ގުޅާ އެ ފައިސާ ރައްދުކޮށްދޭބެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

