ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ނަސީރު ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ޢިމާދު ޢަބްދުﷲ ޙަމްދާން އާ ބައްދަލުކުރައްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިހާރު އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޢިމާދު ޢަބްދުﷲ ޙަމްދާން އާ ބައްދަލު ކުރައްވައިފިއެވެ.

އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައި އޮތް މި ބައްދަލު ކުރެއްވުމުގައި ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ވަނީ ދިވެހިރާއްޖޭގެ މަންދޫބަކާ ބައްދަލު ވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ފަލަސްތީނާއިމެދު ބާއްވާ ރަހުމަތްތެރިކަމާއި ގުޅުމަށްޓަކައި ވަޒީރު ޢިމާދު ޢަބްދުﷲ ޙަމްދާން ވަނީ ހުރިހާ ދިވެހީންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ނަޞީރު ވަނީ ފަލަސްޠީނަކީ އދގެ ދާއީމީ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން ދިވެހީންގެ ފަރާތުން ފަލަސްޠީނުގެ ސަގާފަތާ ބެހޭ ވަޒީރު ޢިމާދު ޢަބްދުﷲ ޙަމްދާން އަށާއި ފަލަސްޠީނުގެ ވަފުދަށާއި އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ތަހްނިޔާ ރައްދުކުރައްވާފައެވެ.

ފަލަސްޠީނާމެދު ޒަމާނުއްސުރެ އޮތް ގާތް ކަމަކީ ހުރިހާ ދިވެހީން ވެސް ހިއްސާ ކުރާ ގާތް ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ފަލަސްޠީނާ ދެމެދު އޮތް ގާތްކަމާއި ގުޅުމަށް ކުޑަވެސް ހީނަރުކަމެއް ނައިސް އިތުރަށް ހަރުދަނާވެގެން ދާނެ ކަމުގެ ޔަގީންކަން އެރުވިއެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވޭ ހުރިހާ މަސައްކަތަކަށް ދިވެހި ދައުލަތުން ފުރިހަމަ އިޖާބައާއި އެއްބާރުލުން ދެއްވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ދާދިފަހުން އދގެ އާންމު މަޖިލީހުން ފަލަސްޠީނަކީ އދގެ ދާއީމީ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަކީ ފަލަސްޠީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައިސް މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ފަލަސްޠީނުގެ ރައްޔިތުން މިނިވަން އަމިއްލަ ދައުލަތެއްގެ ހައްގު ހޯދުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އެ މަސައްކަތުގައި ފަލަސްޠީން ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރަކީ ދިވެހީން ނަމޫނާ އަކަށް ދެކޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯރލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަޒަރްބައިޖާނުގެ ޝޫޝާ ސިޓީގައި އޮތް ”ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024“ ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: