ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އަސްކަރިއްޔާއިން ބޭނުންކުރާ ބަޑިހަރުކޮށްފަތިބި ރޮބަޓު ކުއްތާތައް ދައްކާލައިފި!

ޗައިނާއިން އަސްކަރީ ވަސީލަތްތައް ދައްކާލުމަށް ބޭއްވި ހަރަކާތުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ކެމްބޯޑިއާގައި ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކުގެ ތެރެއިން އެ ގައުމުން ބޭނުންކުރަމުންދާ އައު ހަތިޔާރެއްކަމަށްވާ ރޮބަޓު ބެޓަލް ޑޯގްސްތައް ދައްކާލައިފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން މިހާރު ޗައިނާއިން ކެމްބޯޑިއާގައި ކުރިއަށް ގެންދާނީ މިހާތަނަށް ދެ ގައުމުގެ ދެމެދު ކުރިއަށް ގެންދާ އެންމެ ބޮޑު އަސްކަރީ ހަރަކާތެވެ. އަދި މި ހަަރަކާތުގެ ތެރޭގައި ޗައިނާއިންވަނީ އެ ގައުމުން އުފައްދާފައިވާ ރޮބަޓު ކުއްތާތަކުގައި މެޝިން ބަޑި ހަރުކޮށްފައެވެ. އަދި މިއީ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވަސީލަަތްތައް ކަމަށް ބުނެފައިވާއިރު، މިއީ އެ ސަރަހައްދުގައި އެމެރިކާގެ ނުފޫޒު ގަދަވުމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކެއްކަމަށް ބެލެވޭކަމަށްވެސް ބައެއް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ކެމްބޯޑިއާ އަކީ ޒަމާނުއްސުރެވެސް ޗައިނާގެ ބައިވެރިއްކަމަށްވާއިރު، އެ ގައުމަށް ޗައިނާއިންދަނީ ބިލިއަނުން އިންވެސްޓުކުރަމުންކަން ފާހަަގަކުރެވެއެވެ. އަދި މިކަމާއި ގުޅިގެން އެމެރިކާއިން އެ ސަރަަހައްދުގެ ކަންކަމާއިމެދު އިންތިހާ ކަންބޮޑުވާކަން ހާމަކުރަމުންދާއިރު ތައިލެންޑާއި ގާތުގައި ކެމްބޯޑިއާގެ ސަރަހައްދީ އިމުގައި ގާއިމުކުރަމުންދާ އަސްކަރީ މަރުކަޒު ޗައިނާއިން ބޭނުންކުރާނެކަމަށް ބެލޭވޭކަމަށްވުމުން މައްސަލަތައް ފެންމަތިވުމުގެ ފުރުސަތު އޮތް ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ކެމްބޯޑިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު މީޑިއާތަކަށް ހިއްސާކޮށްފައިވާގޮތުން 2024ގައި ހިންގަމުންދަނީ މިހާތަނަށް ހިންގޭ އެންމެ ވަރުގަދަ އަސްކަރީ ހަރަަކާތެވެ. އަދި އެ ހުރިހާ ކަމެއްގެ ހަރަދުކުރަނީ ޗައިނާއިންކަމަށް ބުެނފައިވާއިރު، ގޯލްޑެން ޑްރެގަން ޑްރިލްސްގޮތުގައި ނަން ދެވިފައިވާ މި ހަރަކާތްތައް ފެށިގެން އައި 2016 ވަނަ އަހަރުގައިކަމަށާއި އޭގެ ކުރިން 7 އަހަރެއްގެ މަތިން އެމެރިކާ އާއިއެކު ކުރިއަށް ގެންދިޔަ ހަރަކާތްތައް 2017 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވަނިކޮށް ކެމްބޯޑިއާއިން ވަނީ ކެންސަލް ކޮށްލާފައިކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: