މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރައްޖޭގެ ބޮޑު ބަޔަކަށް މިރޭ ރީނދޫ އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިރޭގެ 12:00 އާއި ހަމައަށް ބ. އަތޮޅުން އައްޑޫގެ ރަށްތަކުގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވެސް އެ އިދާރާއިން ލަފާކުރި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ފެށި، ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

