ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިމާއި ބެހޭ ބިލު އަނބުރާ ފޮނުވާލުމުން މީކާއީލްގެ ނުރުހުމަށް ކުރީގެ ޕީޖީގެ ރައްދެއް!

ކުރީގެ ޕްރޮސެކިއުޓާރ ގެނެރަލް އަހުމަދު މުއިއްޒު: ފޮޓޯ/ ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެކަމާއިމެދު، ބިލު ހުށައެޅުއްވި ނުރުހުން ފާޅު ކުރުމުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ރައްދުދެއްވައިފިއެވެ.

މިއީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ މަގާމުގައި ހުންނެވި މީކާއިލް ނަސީމް ހުށައެޅުއްވި ބިލެކެވެ. އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ ފޮނުވާލުމުން މީކާއީލް ވިދާޅުވީ، މި ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަވަސް މުސްތަގުބަލެއްގާ ހަވާލުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ވަރަށް ސާފުކަމަށެވެ.

މީކާއީލްއަށް ރައްދުދެއްވާ ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ މީކާއީލް އެ ވިދާޅުވީ ގާނޫނީ ހަމައަކުން ދީފައިވާ ގޯތިތަކެއްގެ ވާހަކަ ނޫންކަމަށެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް މުއިއްޒު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ފޮނުއްވެވީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާގޮތު މަތިންނެވެ. އަދި އެ ބިލަކީ 2024 ވަނަ އަހަރުގެ އެޕްރިލް 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވައި މޭ މަހުގެ 2 ވަނަ ދުވަހު ރައީސް އޮފީހަށް ތަސްދީގުކުރުމަށް ފޮނުވި ބިލެއްކަން ފާޙަގަކޮށްފައިވެއެވެ.

ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ލިސްޓަށް ގިނަ ބަޔަކު ކިޔެވެ. މިކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ބަލަން ފެށި މައްސަލަ އޮތީ އަދިވެސް ކޮޅެއްގައި ނުޖެހިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: