ރާއްޖޭއަށް މިހާރު ހުޅަނގު މޫސުމުގައި ކުރަމުންދާ ގަދަ ވިއްސާރައާއި ގުޅިގެން ރޭގަނޑު ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އެދެފި އެވެ.
ރާއްޖެއަށް މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ސަމާލުވުމަށް މެޓް އޮފީހުން ހުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެ ގޮތުން އެ އިދާރާއިން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަ ހޯމަ ދުވަހާއި ހަމައަށް ވައިބާރުވެ ކަނޑު ގަދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް އޮތީ ރީނދޫ އެލާޓް ނެރެފައި ކަމަށެވެ. މީގެ އިތުރުން ކަނޑުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތައްވެސް ދަތުރު ކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
މެޓް އޮފީހުން މިއަދުވެސް ވަނީ ފުވައްމުލަށް ސިޓީއިން ފެށިގެން އައްޑޫ ސިޓީގެ ސަރަހައްދަށް އޮރެންޖު ސަމާލުނެރެފައެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އިއުލާން ކޮށްފައެވެ. މި އިއުލާންނުގައި ސަމާލުވުމަށް އެދިފައިވަނީ 15:00 އިން 19:00 އަށެވެ.

