ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރުގެ އަމާޒަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އައުން: ފައިސަލް

Screenshot
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަރުގެ އަމާޒަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އައުން ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ސަރުކާރު” ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ މިނިސްޓްރީ އާއި ސަރުކާރުން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ އެކި މީހުންނަށް އެ ދާއިރާތަކުން ތައުލީމް ހާސިލްކުރުމަށް އެ ފުރުސަތު ހޯދައިދެއްވާނެ ކަމަށެވެ. އޭގެތެރެއިން އެ ދިވެހި ޒުވާނުންނަށް ސްކޮލަރޝިޕް ހޯދައިދިނުމާއި، އިންޑަސްޓްރީގެ ތެރެއިން ހުރި ފަހި ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި ދިވެހިރާއްޖޭގެ އެރައިވަލް އޮތީ ވަރަށް ބޮޑަށް ވެއްޓިފައި ކަމަށާއި އެހެންނަމަވެސް އެކަން ރަނގަޅުވަމުން އައިސް މިދިޔަ އަހަރު ނިންމާލީ 18 ލައްކަ ފަތުރުވެރިންނާއި އެކު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއަހަރުގެ މިހާ ހަމައަށް އައިރު ގާތްގަނޑަކަށް 9 ލައްކަ އާއި ގާތް ކުރާ އަދަދަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާ އަކީ އަބަދުވެސް ގިނަ މަސައްކަތްތަކެއް ހިނގަމުން އަންނަ ދާއިރާއެއް ކަމަށާއި، އަދި މި ދާއިރާއިކާ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއްބައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ވަރަށް ވަގުތި ދެއްވައިގެން ވޭތުވެދިޔަ ހަމަސްދުވަހުގެ ތެރޭގައި މި އިންޑަސްޓްރީގައި ހުރި ކަންކަމާއި މުޅި އިންޑަސްޓްރީ ދެނެގަނެވިފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ މިހާރު 2 މިލިއަން ފަތުރުވެރިންނަށް އަމާޒު ހިފާފައިވާއިރު އެކަމުގެ 30 އިންސައްތަ މަސައްކަތް ނިމިފައިފާ ކަމަށެވެ.

މީގެއިތުރުން ފައިސަލް ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި “ދަ މޯލްޑިވްސް” އަކީ ބްރޭންޑެއް ކަމަށާއި އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: