ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި އީރާނުގެ ރައީސް އިބްރާހިމް ރައީސ.
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ރައީސް ޑރ އިބްރާހީމް ރައީސީ އަވަހަރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުޒިއްޔާ ފޮނުއްވައިފިއެވެ.

އީރާނުގެ ރައީސް ޑރ އިބްރާހީމް ރައީސީ އަވާހަރަވީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާއަކާއި ގުޅިގެން، ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ މި ހާދިސާއާއި ގުޅިގެން ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކުރީ އިއްޔަ ހެދުނުއެވެ. އެއީ ދަތުރު ކުރައްވަމުންދިޔަ ހެލިކޮޕްޓަރު އެމަރޖެންސީ ލޭންޑިންގެއް ކުރިކަމުގެ މައުލޫމާތެވެ.

މީސް މީޑިއާ ޕްލެޓްފޯމެއްކަމުގައިވާ އެކްސްގައި ރައީސް ޑރ މުއިއްޒު ވަނީ އީރާނުގެ ރައީސް ޑރ އިބްރާހީމް ރައީސީއާއިއެކު އެ ހޮލިކޮޕްޓަރުގައި ދަތުރު ކުރެއްވި މަތީ ފަންތީގެ ވަފުދަށްވެސް ތައުޒިއްޔާ ދަންނަވާ، ސުވަރުގެ މިންވަރު ކުރެއްވުމަށް ދުއާ ދަންނަވާފައެވެ. އަދި މިވަގުތު އީރާނުގެ ރައްޔިތުންނާއިއެކު ރާއްޖެ އޮތްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވަފާއެވެ.

މި ހާދިސާގައި ދެން އަވަހާރަވީ ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުﷲ އަލްހާޝިމީ އާއި އިރުމަތީ އަޒުރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އާއި، ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިޔާންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: