ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ރާއްޖެއަށް ތައާރަފް ނުކުރާ އެތައް ޕްރޮޖެކްޓެއް ވޭތުވެދިޔަ 6 މަސްތެރޭގައި ފެށިއްޖެ: އިކޮނޮމިކް މިނިސްޓްރީ

ސްޓޭޓް މިނިސްޓަރ ހުސެއިން ޒާމިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ރާއްޖެއަށް ތައާރަފް ނުކުރާ އެތައް ޕްރޮޖެކްޓެއް ވޭތުވެދިޔަ 6 މަސްތެރޭގައި ފަށާ އެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށް މިނސްޓްރީއޮފް އިކޮނޮމިކް ޑެވޮލޮޕްމެންޓް އެންޑް ޓްރޭޑްގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޒާމިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޒާމިރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން އައިރު ވަރަށް ގިނަ އަދި ބޯޑެތި މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. ހަފްތާ 14 ގެ ތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ނިންމުމަށް އެންމެ ފުރަތަމަ އަމާޒު ހިފާފައިވާ ކަމަށާއި އެގޮތުން އަންހެން ވިޔަފާރިވެރިންނަށް 100 މިލިއަން ރުފިޔާގެ ލޯނު ޕްރޮޖެކްޓަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ލޯނު ސްކީމެއްގެ ތެރެއިން ޖާގަދީ އެފުރުސަތު ހުޅުލި ކަމަށް ޒާމިރު ވިދާޅުވިއެވެ.

ޒާމިރު ވިދާޅުވީ ފަރުމަހުގެ މަސްވެރިންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ބޭނުންވާ ލޯނު ސްކީމްތައް ތައްޔާރުކޮށް ލޯނަށް އެޕްރޫވް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ކުދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި ވީކެންޑް މާކެޓެއް ހާއްސަކޮށް ހުޅުމާލޭގައި ގާއިމްކޮށް ކޮންމެ ވީކެންޑަކު އެ މާކެޓު ހުޅުވި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޒާމިރު ވިދާޅުވިއެވެ.

“100 ދުވަހަށް ޓާގެޓު ކުރި މަސައްކަތްތައް ނިންމާ އޭގެ ފަހުންވެސް އަޅުގަނޑުމެން ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުން. ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހުރި މައިގަނޑު މުހިންމު ކަންކަން ޕްރޮޖެކްޓުގެ ސިފައިގައި އެކުލަވާލަން ޖެހޭ މަަސައްކަތްތައް އެކުލަވާލައި، އިމްޕްލިމެންޓޭޝަންއަށް ދާންޖެހޭ މަސައްކަތްތައް ކުރުން. އެގޮތުން އަޅުގަނޑުމެން ވަރަށް މުހިންމު އެއް ދާއިރާއެއްކަމަށްވާ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަށްޓަކައި ހާއްސަކޮށް ކްރިއޭޓާސްއަށް ޖާގަދީ ހާއްސަކޮށް އެދާއިރާގަ ކުރެވޭނެ މަސައްކަތްތަކެއް އައިޑެންޓިފައިކޮށް އެކުލަވައިލައި އެ ކެބިނެޓުން ފާސްކުރުމަށްފަހު އަޅުގަނޑުމެން އެދާއިރާގައިވެސް ވަރަށްގިނަ މަަސއްކަތްތަކެއް މިދަނީ ކުރަމުން”

ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކްރިއޭޓިވް ހަބެއް ބިނާކުރުމަށްޓަކައި މާލޭގައި މަަސައްކަތްތަކެއް ކުރެވޭކަމަށް ޒާމިރު ވިދާޅުވިއެވެ. އަދި ކްރިއޭޓިވް އިކޮނޮމީގެ ސްޓްރެޓެޖީ އެކުލަޥާ ލުމުގެ ވެސް މަަސައްކަތް ދަނީ ކުރެވެމުން ކަމަށް ވިދާޅުވިއެވެ.

އޭގެއިތުރުން ޒާމިރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަޝްރޫއުތައް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ލ. ގާދޫގައި ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ބަނދަރެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ޒާމިރު ވިދާޅުވިއެވެ. އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރ ހޯދައި އެކަމާއި ގުޅިގެން ޗައިނާގެ ކުންފުންޏަކާއި އެކު އެމްއޯ ޔޫއެއްގައި ސޮއި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ޒާމިރު ވިދާޅުވީ ސަރުކާރު ފެށުނުފަހުން ވަރަށް ގިނަ އަދި ރާއްޖެއަށް މުޅިން އަލަށް ފަށާގިނަ ކަންކަން ހުރިކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: