ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ހުރިހާ މަރުހަލާއެއްގައި އިއާދަ ނުކުރެވޭ ހަކަތައިގެ މިންވަރު މަދުކުރުމަކީ އަދުގެ އަމާޒު: ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުމަސްވެރިކަމުގެ ސިނާޢަތުގެ އަދުގެ އަމާޒަކީ މަސްވެރިކަމުގެ ހުރިހާ މަރުހަލާއެއްގައި މިހާރު ބޭނުކުރާ ތެޔޮ ނުވަތަ އިއާދަ ނުކުރެވޭ ހަކަތައިގެ މިންވަރު މަދުކުރުމާއެކު އިއާދަކުރެވޭ ހަކަތަ ބޭނުންކުރާ މިންވަރު މަތިކޮށް ކާބަން ފުޓްޕްރިންޓް އެންމެ މަދު މަސްވެރިކަމަށް ހެދުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމު ވިދާލުވެއްޖެއެވެ.

18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަން ހުޅުވުމުގެ ގޮތުން ބޭއްވި ހަފްލާގައި މިނިސްޓަރ ޝިޔާމު ބައިވެރިވެ ވަޑައިގެން ވަނީ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައެވެ. މިނިސްޓަރ ޝިޔާމު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމުގެ ތަސައްވުރު ހާމަކުރައްވާފައެވެ. މިގޮތުން ސަރުކާރުން ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމުގެ އިތުރުން ނޫ އިޤްތިޞާދުގެ ތެރެއިން ކަނޑުގެ އެހެނިހެން ވަޞީލަތްތަކުން ނަފާ ހޯދިދާނެގޮތްތައް ހޯދަމުންދާ ދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ރޯމަސް އެކްސްޕޯރޓު ކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ދަޅުގައި އަދި ޕައުޗްގައި އެކްސްޕޯޓްކުރުމަށް ސަރުކާރުން އަޅަމުންދާ ފެކްޓަރީތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. ޝިޔާމް ވިދާޅުވެފައިވަނީ ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ފާހަގަކުރެވިފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމުގެ ގޮތުގައި ކަމަށެވެ.

މަސްވެރިކަން ކުރުމުގައްޔާއި މަސް ޕްރޮސެސްކުރުމުގައި މިހާރު ބޭނުކުރާ ތެޔޮ ނުވަތަ އިއާދަ ނުކުރެވޭ ހަކަތައިގެ މިންވަރު މަދުކުރުމަށް މަސައްކަތް ކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މިހާރު މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރެވޭ އިއާދަ ނުކުރެވޭ ހަކަތައިގެ 35 އިންސައްތަ އިއާދަކުރެވޭ ހަކަތައަށް ބަދަލުކުރުމަކީ މިހާރު ރޭވިގެން ކުރަން ފަށާފައިވާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދެމެހެއްޓިނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމަށް އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ހެދުމުގެ މުހިއްމުކަމާއި ރާއްޖެއަށް އިޤްތިޞާދީ އަދި އިޖްތިމާއީގޮތުން ބަލާއިރުވެސް މަސްވެރިކަމަކީ މުހިއްމު ސިނާޢަތަކަށް ވީއިރު މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްގެ ގޮތުގައި ތަރައްޤީވެގެން ދިއުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވިއެވެ.

އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން 22ގެ ނިޔަލަށް ތައިލެންޑްގެ ބެންގްކޮކްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: