ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އައުމަށް ޖަޕާންގެ ނޫސްވެރިންތަކަކަށް ދަޢުވަތު ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފެމިލިއަރައިޒޭޝަން (ފޭމް) ދަތުރެއްގައި ރާއްޖެ އައުމަށް ޖަޕާންގެ ނޫސްވެރިންތަކަކަށް ދަޢުވަތު ދީފިއެވެ.

17މޭއިން 24 މޭއިގެ ނިޔަލަށް މި ނޫސްވެރިން ރާއްޖެގައި ތިބުމަށް ހަމަޖެހިފައިވާއިރު، މި ނޫސްވެރިންގެ އެކޮމޮޑޭޝަން ވަނީ ހުވަފެންފުށި، މޫވެންޕިކް ރިޒޯޓް ކުރެދިވަރު އަދި ލަކްސް ސައުތް އަރި، މި ތިން ރިސޯޓުގައި ހަމަޖައްސާފައެވެ.

ވޯގް ޖަޕާން އޮންލައިން، ސީއާރްއީއޭ ވެބް، ނިއުމެރޯ ޓޯކްޔޯ.ޖޭޕީ އަދި މައިނާވި ވުމެން އަކީ ޖަޕާނުގެ މަޝްހޫރު އަދި ނުފޫޒުގަދަ ނޫސް މަޖައްލާތަކެވެ. އެމްއެމްޕީއާރުސީ އިން ބޭނުންވަނީ ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް ނޫސްތަކާއި މީސްމީޑިއާގައި ޕްރޮމޯޓްކޮށް ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން މަންޒިލެއްކަން ދައްކުވައިދީ އަދި ޖަޕާނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަށް ހޭލުންތެރިކަން އިތުރުކޮށްދިނުމެއެވެ.

މީގެއިތުރުން ރާއްޖޭގެ އިތުރުން ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރު މައުލޫމާތާއި، ފަތުރުވެރިކަމުން ލިބޭ ގިނަގުނަ ހިދުމަތްތައް މި ނޫސްވެރިންގެ ފަރާތުން އެނގިގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

މި ނޫސްވެރިން ރާއްޖެ ގެނައުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ޖަޕާނުގެ މާކެޓުގައި ދައްކުވައި، ރާއްޖެއަށް އަންނަ ޖަޕާނުގެ ފަތުރުވެރިން އިތުރުކުރުމެވެ. އެގޮތުން މި ފެމިލިއަރައިޒޭޝަން ޓްރިޕްގައި ދަޢުވަތު ދިނުމުގައި މަޝްހޫރު، ޒުވާން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ދައްކުވައިދެވޭނެ ފަދަ ނޫސްވެރިންނަށް ވަނީ އަމާޒުކޮށްފައެވެ. މި ދަތުރުގެ މަގްސަދަކީ ހަމައެކަނި ހޮޓެލް އިންޑަސްޓްރީ އާއި ގެސްޓް ހައުސް ވިޔަފާރި އިޝްތިހާރު ކުރުން ނޫންކަމަށާއި ހާއްސަކޮށް ފަތުރުވެރިންނަށް ރާއްޖޭގައި ކުރެވޭނެ ތަފާތު ދައްކުވައިދިނުން ކަމަށްވެސް އެމްއެމްޕީއާރުސީ އިން ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ މަގްސަދަކީ އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ދެމެހެއްޓުމެވެ. އެގޮތުން މިއަހަރު ކުރީކޮޅު ޖަޕާނުގައި ބޭއްވި މެރިން ޑައިވިން އެވޯޑް 2023 ގައި ރާއްޖެއަށް ވަނީ ”ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން“ އިން ތިންވަނަ އަދި ”ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯރ ދަ ފަރސްޓް ޓައިމް“ ކެޓެގަރީ އިން ދެވަނަ ލިބިފައެވެ. މިއީ ދުނިޔޭގެ ޑައިވަރުން ވޯޓުދީގެން ރާއްޖެއަށް ލިބުނު ކާމިޔާބީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: