ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރުމަށް އައިސިސީގެ ޗީފް ޕްރޮސެކިއުޓަރ މަސައްކަތްތައް ފައްޓައިފި

އައިސީސީގެ ޕްރޮސެކިއުޓާރ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީވަޒީރުގެ އިތުރުން ހަމާސް ޖަމާއަތުގެ އިސްވެރިން ހައްޔަރުކުރުމަށް އަމުރު ނެރުމަށްޓަކައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޗީފް ޕްރޮސެކިއުޓާރ މަސައްކަތްތައް ފައްޓަވައިފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން ނަތަންޔާހޫ އަދި ދިފާއީ ވަޒީރު ގަލަންޓްއާއި ހަމާސްގެ ލީޑަރުން ހައްޔަރުކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަން އައިސީސީގެ ޗީފް ޕްރޮސެކިއުޓާރވަނީ އިއުލާނުކުރައްވާފައެވެ. އަދި އެ މީހުން ހައްޔަރުކުރުމަށް އަމުރުނެރުމަށް މަސައްކަތްކުރަމުންދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައިކަމަށްވެސް ބުނެފައިވެއެވެ.

އައިސީސީގެ ޕްރޮސެކިއުޓާރ ހާން ކަރީމް ނެރުއްވި ބަޔާނެފައިގައި އޭނާވަނީ ނަތަންޔާހޫ އަދި ވަޒީރު ގަލަންޓުގެ އިތުރުން ހަމާސްގެ ވެރިންކަމަށްވާ ޔަހްޔާ ސިންވާރުއާއި އިސްމާއިލް ހާނިޔޭ ހައްޔަރުކުރުމަށް ވޮރެންޓުތައް ނެރުމުގެ ވާހަކަ ހުށައަޅާފައެވެ. އޭނާ ވިދާޅުވީ، ހަމާސްއިން ދިން ހަމަލާއާއި ގުޅިގެން އޮކްޓޯބަރު 8 ވަނަ ދުވަހު އިސްރާއީލުން ހިންގަން ފެށި އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނީ ދަރިފަސްކޮޅާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ ޒިންމާ ނަތަންޔާހޫ އާއި ގަލަންޓުގެ މައްޗަށްވެސް އެޅިފައިވާކަމަށް ބެލެވޭ ސަބަބުތަކެއް ހުރިކަމަށެވެ.

ހަމާސްގެ ތިން ލީޑަރެއްގެ މައްޗަށްވެސް އެއްފަދަ ޒިންމާތަކެއް އެޅިފައިވާކަމަށް ބެލެވޭ ވަރަށް އެކަށީގެންވާ ސަބަބުތައް ހުރިކަމަށްވެސް އޭނާ ހިއްސާކުރެއްވިއިރު އެއީ އޮކްޓޯރު 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި 1200 މީހަކު މަރުވި މައްސަލައިގައި ކުރެވޭ ތުހުމަތައްކަމަށާއި އަރައިގަނެފައިވާކަމަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި ރަހީނުކުރުން އަދި ރޭޕުކުރުންވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ހާންގެ ހުށައެޅުމަށް އިޖާބަ ދިނުމަށް ނިމިގެންދާނަމަ ނިމިގެންދާނީ އެތައް ހަފްތާއަކަށްވެސް ދިގުދެމިގެންދިއުން އެކަށީގެންވާ ކޯޓު މަރުހަލާއަކުންކަމަށް ރިޕޯޓުތަކުގައިވާއިރު މީގެ ކުރިން ރަޝިއާގެ ރައީސް ވްލެޑިމިއަރު ޕުޓިން ހައްރުކުރުމަށް އެ ކޯޓުން އަމުރު ނެރިފައިވެއެވެ. އަދި ސޫދާނުގައި ގިނަ ދުވަސްތަކެއްވަންދެން ވެރިކަން ކުރެއްވި އޮމާރް އަލް ބަށީރް ހައްރުކުރުމަށްވެސް އަމުރު ނެރުނުކަން ފާޙަގަކުރެވޭއިރު މިއީ ހުޅަނގުގެ ގައުމުތަކާއި ގުޅުންހުރި ގައުމެއްގެ މައްޗަށް މިފަދަ އަމުރެއް ނެރޭ ފުރަތަމަ ފަހަރުކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 44%ވަރަށް ދެރަ 44%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: