ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގް ވަކިކޮށްފި

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގް: ފޮޓޯ އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަން ( އެމްއެމްޕީއާރުސީ) މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގް ( ކުޑީ) ވަކިކޮށްފިއެވެ.

ފަތިމަތު ތައުފީގް އެމްއެމްޕީއާރުސީ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ފާތިމަތު ތައުފީގް އެއެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ވަކިކޮށްފައިވާއިރު އެ ކޯޕްރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހް ވެސް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭނާ ވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގް ވަކިކުރިއިރު އެމްއެމްޕީއާރުސީއާއި ގުޅޭ ގޮތުން ތަފާތުއެކިއެކި ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަދި ހިންގުމުގައި ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 30%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: