ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ހިންގަމުންދާ ޤަތުލު އާމްއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް: އިހުސާނު

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއިލުން ހިންގަމުންދާ ޤަތުލުއާމްއަކީ މުޅިދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ގަތަރުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމުގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ހަމަހިމޭން ކަމަށް ލޯބިކުރާ ގައުމެއް ކަމަށާއި އެހެންކަމުން ފަލަސްތީނުގައި ހިނގާ ގަތުލު އާމުއާއި ދެކޮޅުކަމަށެވެ. އަދި ޢައްޒާގެ ރައްޔިތުންގެ ހައްޤުޤައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

”ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ދިވެހީންގެ ފަރާތުން އިސްރާއީލަށް ގޮވާލަން. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ބިންތަކަށް އިހުތިރާމު ލިބިގެންދާނެ ހައްލެއް ހޯދުމަށް ގޮވާލަން،“ އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސޯދު ބަރޯސާވެފައި އޮންނަނީ، ފަތުރުވެރިކަމާއި ވިޔަފާރިއަށް ކަމަށްވާއިރު ސަރަހައްދީ ހަމަނުޖެހުމުގެ އަސަރު ރާއްޖެއަށް ކުރާކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. މެދުއިރުމަތީގައި ހިނގާ ކަންކަނަމުގެ ސަބަބުން ދުނިޔެގެ އެތައް ޤައުމެއްގެ އިޤްތިސޯދަަށް އަސަރުކުރާ ކަމަށާއި އަދި އެ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްރާއީލުން ހިނގަމުންދާ ޤަތުލުއާންމް ހުއްޓާލަން ގޮވާލި ނަމަވެސް އިސްރާއީލުން އެ ގޮވުންތަކަށް އިޖާބަ ނުދެއެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނީ ޢަމަލުތަކުގެ ސަބަބުން ޢައްޒާގެ ރައްޔިތުން ތިބީ ޙާލުގައި ޖެހިފައެވެ. މި ގަތުލުއާމު ތެރޭގައި އެތައް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ވަނީ ޝަހީދުވެފައެވެ. ދުނިޔެ ނުދެކޭ ބިރުވެރިކަމެއްގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ދަނީ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންނެވެ.

މީގެ އިތުރުން އިސްރާއީލުން ވަނީ ޤައްޒާގެ ގިނަ މިސްކިތްތަކަކާއި، ހޮސްޕިޓަލްތައް ބޮމުގެ ހަމަލާދީފައެވެ. އަދި ނިރުބަވެރި އިސްރާއީލުންވަނީ ނުސީރަތް ކޭމްޕަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދު ކޮށްލާފައިއެވެ. ޣައްޒާގެ އިތުރު އެހެން ސަރަހައްދުތަކަށް ވެސް ވަރުގަދަ ހަމަލާތަކެއްދީ، ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައި ވެއެވެ. ނަމަވެސް މިފަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ސީދާ އަދަދެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކާބޯތަކެތި ނުލިބި ބަނޑަށް ޖެހިފައި 700,000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ޤައްޒާގައި ތިބިއިރު، ބަނޑޫހައި ހޫނުކަމުގައި މިހާތަނަށް 40 ކުއްޖަކު ވަނީ ޝަހީދުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: