ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކިލްޑް ވޯކާރޒް ހޯދުމުގައި ކައުންސިލަށް ދަތިތައް އެބަހުރި: ނަރީޝް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލުގެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ސްކިލްޑް މަސައްކަތްތެރިން ހޯދުމުގައި ދަތިތައް ހުރިކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީ މުއައްޒަފުންނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ކައުންސިލުން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑަށް ބޭނުން ހިފިގެންދާ މުއައްޒިފުންނަކީ ބިދޭސީ މުއައްޒަފުންކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ގިނަ މުއައްޒަފުންނަކީ ކައުންސިލަށް ގިނަ ދުވަސްތަކެއް ހިދުމަތްކޮށްދީފައިވާ މީހުންކަމަށާއި އެ މީހުން ތެރޭގައި މަސައްކަތްކުރެވޭ ވަރަށްވުރެ ސިއްހީ ހާލަތު ގޯސް މީހުންވެސް ތިބިކަމަށް ފާހަގަކުރެއްވިއެވެ.

ޑެޕިއުޓީ މޭޔަރ ނަރީޝް ވިދާޅުވީ، އެ މީޙުން ވަޒީފާއިން ވަކިކޮށް އަމިއްލަ ގައުމުތަކަށް ފޮނުވާލި ނަމަވެސް އޭގެ ބަދަލުގައި ކައުންސިލަށް އިތުރު ބަޔަކު ވަޒީފާއަށް ނެގެން ނެތްކަމަށެވެ. އެގޮތުން ބޭރު މީހުންގެ ބަދަލުގައި ދިވެހި މަސައްކަތްތެރިން ވަޒީފާތަކަށް ނެގުމަށް ކައުންސިލުގެ މެމްބަރުންވަނީ ފާސްކޮށްފައިކަމަށް އަލިއެޅުއްވިއެވެ.

ނަރީޝް ވިދާޅުވީ، މި ފަހުން ކައުންސިލުންވަނީ މަސައްކަތްކަށް ބޭނުންވާ ސްކިލްޑް މީހުން ހޯދުމުގެ ގޮތުން އިއުލާނުކޮށްފައިކަމަށެވެ. އެހެންނަވެސް ސްކިލްޑް މީހުން ހޯދުމުގައި ދަތިތައް ހުރިކަމަށް ހިއްސާކުރެއްވިއިރު މަސައްކަތު މީހުންގެ ގޮތުގައި ދިވެހިން ބަރާބަރަށް ލިބޭކަމަށް މައުލޫމާތު ދެއްވިއެވެ.

އޭނާ ވިދާޅުވި، ވެލްޑުކުރުމާއި ބާރބެންޑުކުރުން ފަދަ ޓެކްނިކަލް މަސައްކަތްތައް އެނގޭ ސްކިލްޑް މީހުން ހޯދުމުގައި ދަތިތައް ހުރިކަމަށެވެ. އަދި މިހާރު ކައުންސިލުގައި ތިބި މީހުންގެ ތެރެއިން އެއް ބަޔަކު ފޮނުވާލުމުން އެހެން ބަޔަކު ގެނައުމަށް ޖާގަ ލިބިގެންދާނަމަވެސް ބަޔަކު މީހުން ވަޒީފާއަށް ނެގޭނީި ދިވެހިން ވަޒީފާއަށް ނެގުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމަށް ބަދަލުތައް ގެނެސްގެންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: